އަރިދަފުސް ރޯގާ ޖެހިގެން ފާއިތުވި ނޮވެމްބަރު މަހު 40504 މީހުން ޑޮކްޓަރަށް ދެއްކި ކަމަށް ސިއްހީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާއިރު މި އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރުވެސް ނޮވެމްބަރު މަހުގައި ރޯގާގެ ރިޕޯޓްތައް ވަނީ އިތުރުވެފައެވެ. އެގޮތުން އޮކްޓޫބަރު މަހު 29515 އަރިދަފުސް ރޯގާގެ ވޭދަނަ ރިޕޯޓްކޮށްފައިވާއިރު ނޮވެމްބަރު މަހު 40504 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ.
އަރިދަފުސްގެ އިތުރުން މިދިޔަ މަހު 140 މީހަކަށް ވަނީ ޑެންގީ ހުންވެސް ޖެހިފައެވެ. އޮކްޓޯބަރު މަހާ އަޅާބަލާ އިރު، ނޮވެމްބަރު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށްވެފައިވާ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ. އެގޮތުން އޮކްޓޫބަރު މަހު ޑެންގީ ހުން ޖެހިފައިވަނީ 126 މީހަކަށެެވެ.
އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ނޮވެމްބަރު މަހު އެ ބައްޔަށް 142 މީހަކު ވަނީ ފައްސިވެފައެވެ. އަދި އޮކްޓޯބަރު މަހު 67 މީހަކު އިންފްލުއެންޒާއަށް ވަނީ ފައްސިވެފައެވެ. މިއަހަރު މިހާތަނަށް 2325 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައެވެ. އަދި 476 މީހުން ވަނީ އެ ބައްޔަށް ފައްސިވެފައެވެ.
އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އޮކްޓޯބަރު މަހު 3164 މީހަކު ބޭރަށް ހިންގައި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި ނޮވެމްބަރު މަހު ވަނީ 3635 މީހަކު އެބަލީގައި ޑޮކްޓަރަށް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު