އަންނަ އަހަރު ވެގެންދާނީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސައްކަތް ފެންނަ އަހަރަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އދ. އޮމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހަތަރު ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލާ އެމަނިކުފާނު ބައްދަލުކުރަށްވާފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ކަންކަން އެނގިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަމުގެ އިތުރުން އަންނަ އަހަރަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އަމަލީ މަސައްކަތް ހިނގާނެ އަހަރެއް ކަމަށެވެ.
މީގެ އިތުރުން އޮމަދޫގެ ތަރައްޤީއަށް ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންކަމާއި ބެހޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އެންމެ މުހިންމު ކަމަކަށް އޮތީ އދ. އޮމަދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުން ކަމަށެވެ. ނިމިގެން ދިޔަ އަހަރަކީ، އެކި ސަބަބުތަކާ ހެދި މިފަދަ އެތައް ކަމަކަށް ޙައްލު ހޯއްދަވައި ނުދެއްވި ދިޔަ އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ މައިގަނޑު ސަބަބަކީ ބަޖެޓްގެ ދަތިކަން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ތަފާތު އަހަރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، އދ. އޮމަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ.
ހަމަމިއާއެކު އދ. އޮމަދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޢަމަލީ ސިފައެއްގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރާއި، ގިރާ ސަރަޙައްދުގެ މަޝްރޫޢުގައި ސޮއި ކުރެވިފައި އޮތް ނަމަވެސް، ޢަމަލީ މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2025 ވަނަ އަހަރު، މި 2 މަޝްރޫޢުގެ ޢަމަލީ މަސައްކަތް، އަހަރުގެ ވީހާވެސް ކުރީކޮޅުގައި ފައްޓަވައިގެން، ކުރިއަށް ގެންދަވާނެކަމަށެވެ. އަދި 2025 ވަނަ އަހަރު ހިންގަން ކަނޑައަޅުއްވާފައިވާ އައު މަޝްރޫޢުތަކުގެ އުސޫލުގައި އިސްކަން ދެނިވި ތަރުތީބުން، އދ. އޮމަދޫގެ ތަޢުލީމާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި، ކުލާސްރޫމްތަކުގެ އިތުރުން، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގައާ ވަޞީލަތްތައް، 2025 ވަނަ އަހަރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ކުޅިވަރުގެ ރޮނގުން، 2025 ވަނަ އަހަރު، އަންހެން ބޭފުޅުންނަށް ޚާއްޞަ ހޭންޑްބޯލް ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށާ، ފުޓުބޯޅަދަނޑުގެ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މުޅި ރާއްޖެއަށް ދިމާވެފައި އޮތް ކުނީގެ މައްސަލައަށް ވަށާޖެހެނިވި ޙައްލެއް ހޯއްދަވައިދެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ. ކުނި މެނޭޖު ކުރުމަށް އދ. އޮމަދޫގައި މަރުކަޒެއް ޤާއިމުކޮށްފައި ހުރިއިރު، އެތަނަށް ބޭނުންވާ ތަކެތި ހޯދަން ޖެހިފައިވާކަމަށާއި، އެކަންތައްވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޮމަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް، ވަނީ އެ ރަށުގެ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޙާލަތު އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ، އދ. އޮމަދޫ ބަނދަރު ސަރަޙައްދަށް ވަޑައިގެން، އެ ރަށުގެ ބަނދަރު އޮތް ޙާލަތު ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު