އަލިފާނުގެ ހާދިސާގައި ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ ކަމަށާއި އެ މައުލޫމާތު ކްލައުޑްގައި ރައްކާކުރެވިފައި އެބަހުރިކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަަކްޝަން މިނިސްޓަރު އަބުދު ﷲ މުއްތަލިބު ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ގިނަ އަދަދެއްގެ ޑޭޓާތަކުގެ ބެކަޕް ހަދައި ރައްކާކޮށްފައި އެބަހުރި ކަމަށެެވެ. އަދި އަލިފާނުގެ ހާދިސާގައި މަދުވެގެން ދަނީ ކޮން އެއްޗެއްތޯ ބަލައި އެސެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހައުސިން އާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް ގެއްލިފައިނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެެ.

"އަޅުގަނޑުމެންނަށް ދައުލަތުގެ ވަރަށް ބައިވަރު މައުލޫމާތު ގެއްލިގެންނެއް ނޫން މިއުޅެނީކީ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް ސަރުކާރުން ދޭ ޚިދުމަތްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުރިހާ އިންފޮމޭޝަންތައް އަޅުގަނޑުމެންނަށް ރިކަވަރ ކުރެވޭނެ، އެއެއްޗެހި އެވެއިލިބަލް ވާނެ، އެއަށް ރައްޔިތުން ކަންބޮޑުނުވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހައުސިންގް ލޯނުތަކާ ބެހޭ މައުލޫމާތުތައް ވެސް ކްލައުޑްގައި ރައްކާކުުރެވިފައިވާ ކަމަށެވެެ. އަދި ލޯނުތަކުގެ ހުރިހާ މައުލޫމާތެއް ވެސް ނުގެއްލި، ކްލައުޑްގައި ހުރިކަމަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދޭން ބޭނުންވާ އެއްވެސް މައުލޫމާތެއް ގެއްލިފައި ނުވާ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

"މިދިޔަ ހިސްޓްރީ ޑޭޓާތަކާއި މި ފާއިތުވެ ދިޔަ މުއްދަތުގައި މި ކުރާ މަސައްކަތްތަކާއި ގުޅުން ހުރި ޑޭޓާތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ކިހާވަރެއްތޯ ގެއްލުނީ މިދަނީ ބަލަމުން. އޭގެތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަގެންދޭ ސައިޓް ތެރޭގައި ހުރި ސާވާތަކުން އަޅުގަނޑުމެންނަށް ސްޓޯރޭޖް ނަގައިގެން ރިކަވަރ ކުރެވޭނެ އެއްޗެއް ހުރިތޯ ނުވަތަ ނޫންތޯ އެބަބަލަން،" މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް