އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް ސަސްޕެންޑް ކޮށްފި އެވެ.
ޖޭއެސްސީން ބުނީ އޭނާ ސަސްޕެންޑްކުރީ މިދިޔަ މަހުގައި ކަމަށާއި އޭނާ ސަސްޕެންޑްކުރީ އޭނާއާ ގުޅޭ މައްސަލައެއްގެ ތަހުގީގު ނިމެންދެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް ޖޭއެސްސީން ހާމައެއްނުކުރެ އެވެ.
ގާސިމް ސަސްޕެންޑް ކުރަން ނިންމީ ތަހުގީގަށް ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށް ފަހު ކަމަށާއި އޭނާ މަގާމުގައި ދެމިހުރެއްޖެ ނަމަ މައްސަލަ ތަހުގީގު ކުރުމަށް ހުރަސްތަކެއް އެޅިދާނެތީ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން މިހާރު ގެންގުޅޭ ސިޔާސަތަކީ މައްސަލައެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި މެނުވީ ތުހުމަތު ކުރެވޭ މައްސަލައިގެ ތަފުސީލުތައް ހާމަނުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު