ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ކުރީގެ ރައީސް މުޙައްމަދު އަމީނަށް ހެދިގޮތް ހަދަންޖެހޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ދެއްކެވި ވާހަކަތަކަކީ ޕާޓީއެއްގެ ޗެއާޕާސަނަކު ދައްކަވާނެ އެންމެ ދެރަވަރު ވާހަކަކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް ދެރަދިނީމަ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން އަވަހާރަވީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ވެރިކަން ވައްޓާލުމަށްފަހު އެމަނިކުފާނު ހަވަރަށްދީ ލާއިންސާނީ އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެކަމާ ގުޅުވައިގެން ފައްޔާޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު ވިދާޅުވީ އެފަފަ ދެރަވަރު ވާހަކައެއް ސިޔާސީ ޕާޓީއެއްގެ ޗެއާޕާޝަނުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ނުދެއްކެވޭނެ ކަމަށެވެ. އަދި ފައްޔާޒުގެ އެ ވާހަކައަކީ ސިިޔާސީ ވާހަކައެއް ކަމުގައި ދެކެވަޑައިނުގަންނަވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އެ ވާހަކަތަކަކީ ވަރަށް ސީރިއަސް އަދި އެހާމެ ނުރައްކާތެރި ޖާނީ އުދުވާނަކަށް ގޮވައިލެއްވި ގޮވައިލެއްވުމެއްގެ ގޮތުގައި ސިފަ ކުރަށްވާފައެވެ. ޝިޔާމް ވިދާޅުވިގޮތުގައި އެފަދަ ނުރައްކާތެރި ވާހަކަތަކަށް "ދިވެހި މުޖުތަމައުގައި ޖާގަދެވިގެން ނުވާނެ" އެވެ. އެ ވާހަކައަކީ ސިޔާސީ ޕާޓީތަކުގެ އަސާސްތަކާވެސް ހިލާފު ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަތަކެއްކަމަށް ވިދާޅުވެ ޝިޔާމުވަނީ އެ ކަންކަން ތަހުގީގުކުރަން ގޮވާލައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު