ހުޅުމާލޭގައި މީހުން ދިރިއުޅޭ ހިސާބެއްގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގައި އަލިފާން ރޯވީ ސަރުކާރުގެ އޮފީސްތަކެއް ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިން ކުރިމަތީގައި ހުންނަ އިމާރާތެއްގަ އެވެ. އެތަނުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.

މި އިމާރާތުގައި ރޯވެ ބޯކޮށް ކަޅުދުން އަރާ މަންޒަރުވެސް އާންމުވެފައިވާ ވީޑިއޯއިން ފެނެ އެވެ.

މައުލޫލާތު ލިބޭ ގޮތުގައި މި ސަރަހައްދުގައި ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް