އައްޑޫސިޓީ ހިތަދޫގެ ފުއްޓަރު ފަރާތަށް މަރުވެފައިވާ މަސްތަކެއް ލައްގާތީ ސަމާލުވުމަށް އައްޑުސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މިއަދު މީސްމީޑިޔާގައި ދައުރުވަމުންދިޔަ ވީޑިއޯތަކާއި ފޮޓޯތަކުން ހިތަދޫ ފުއްޓަރު ފަރާތުގައި ގިނަ އަދަދެއްގެ މޫދުގެ ދިރުންތައް މަރުވެފައި އެއްގަމަށް ލައްގާފައިވާ މަންޒަރު ފެނެއެވެ. އެއާއެކު ސިޓީ ކައުންސިލުންވެސް އެ ސަރަހައްދަށް ގޮސް އެކަން ހިނގިގޮތް ވަނީ ބަލާފައެވެ.
ކައުންސިލުން ބުނީ މި މަސްތައް މަރުވެފައިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ކްލޮރިން ހުސްކޮށްފައި ހުރި ބާލިދީތައް ހުރި ކަމަށާއި މަސްތައް މަރުވީ އޭގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފުއްޓަރު ފަރާތު މޫދަށް ކްލޮރިން ފާޓާތަކެއް ހުސްކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އެ ސަރަހައްދުގައި ހުރި ހުރިހާ ދިރުމެއް މަރުވެގެން އެއްގަމަށް ލައްގާފައި ހުރި ކަމަަށެވެ.
ކަންބޮޑުވުން ފާޅުކުރައްވައި މޭޔަރު ވިދާޅުވީ ފަރުންވެސް ކްލޮރިންގެ އަސަރު ފެންނަ ކަމަށާއި އެގޮތުން ފަރު ހުދުވެ، ވަރަށް ބޮޑަށް އެ ސަރަހައްދުގެ ވެއްޓަށް ގެއްލުންވެފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ކަމާއި ގުޅުން ހުރި ފަރާތްތަކަށް މިހާރު މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މިކަމުގެ ތަހުގީގު ކުރިއަށް ދާކަމަށާއި މި ސަރަހައްދަށް އެއްވެސް ބަޔަކު ނޭރުމަށް އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު