މީހުން ހަވަރަށް ދީ "މަރަން" ތާއީދުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދައްކާފައިވަނީ އިސްލާމީ ހަމަތަކުންވެސް ބޭރު ވާހަކައެއް ކަމަށް ވިދާޅުވެ ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް މުހައްމަދު އަމީންގެ ކާފަ ދަރިކަނބަލުން ޑރ. ފަރަހަނާޒް ފައިސަލް ރައްދު ދެއްވައިފިއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންނަށް ދެރަދިނީމަ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢިލް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެެ.
"ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އެކްޓިވިސްޓަކު ޖަލްސާއެއްގައި ދެއްކި ވާހަކައެއް ދިފާޢު ކުރައްވައި ފައްޔާޒު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރައީސް މުހައްމަދު އަމީންގެ ކާފަދަރިކަނބަލުން ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވީ އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން، މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށް ފަރަހަނާޒް ވިދާޅުވިއެވެ.
"މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯ؟ އެހެންނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން." ފަރަހަނާޒްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު