ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހުތަކާއި ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނަށް މި ސަރުކާރުން ގެންނަ ބަދަލުތަކާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު މިއަދު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ޕަބްލިކް ބެންކް އޯވަރޑްރޯ ލިމިޓް ވަކި ކަނޑައެޅިފައިވާ މުއްދަތަކަށް އިތުރުކުރީ ގާނޫނުގައި ކުރިންވެސް ބުނެފައިވާ އިސްތިސްނާ ހާލަތެއް އައިސްގެންކަމަށެވެ.

އަދި އެ ބަދަލު އޭރު ގެނައީ ގުދުރަތީ ބޮޑު ބަލިމަޑުކަމެއްއައިސް، ރާއްޖޭގެ ތާރީހުގައި ވެސް ދިމާނުވާ ފަދަ އިގުތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެގެން ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

އަދި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކެވި އެންމެ މުހިންމު އެއް ވާހަކައަކީ އެމްއެމްއޭއިން ފައިސާ ޗާޕު ނުކުރާނެކަމުގެ ވާހަކަ ނަމަވެސް، ވެރިކަމަށް އަހަރު ނުވަނީސް މިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގާނޫނު ބަދަލުކޮށް މިހާރު އެވަނީ، ޕަބްލިކް ބޭންކް އޯވަރޑްރޯ ލިމިޓް މަތިކޮށްފައި ކަމަށާއި ކުރިން ފާއިތުވި 3 އަހަރު ދުވަހުގެ އެވްރެޖް އާމްދަނީ ގެ 1 އިންސައްތައިގައި ހުރި އޯވަރޑްރޯ ލިމިޓް، 2.5 އިންސައްތައަށް މިހާރު އެވަނީ މަތިކޮށްފައިކަމަށް އަމީރު ވިދާޅުވިއެވެ.

އަދި މި ބަދަލުން އެމްއެމްއޭ އިން ދަރަންޏަށް ފައިސާ ނެގޭ މިންވަރު މަހަކު ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ އަށް އިތުރުވެގެން ދިޔައީ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު މިހެން ވިދާޅުވިނަމަވެސް، މި ސަރުކާރުން ބުނަމުންދަނީ އެމްޑީޕީ ސަރުކާރުގައި ކޮވިޑާއި ގުޅުވައި އެ ގާނޫނު ސަސްޕެންޑުކޮށްގެން ތިބެ ހައްދެއްނެތި ފައިސާ ޗާޕު ކުރުމުގެ އަސަރު އިގުތިސާދަށް ކޮށްފައިވާކަމަށެވެ. އަދި މި ސަރުކާރުން ގާނޫނަށް ގެނައި އިސްލާހަކީ އެފަދަ ގޮތްގޮތަށް ފައިސާ ޗާޕުކުރުން ހުއްޓުވުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ސަރުކާރުން މާނަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން