ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކާއެކު މިރޭ 20:00 އިން ފެށިގެން މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފައި އޮތްނަމަވެސް ނޫސްވެރިންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއްނެތް ކަމަށް މީޑިއާ ކައުންސިލުން ބުނެފި އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00 އަށް މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގެ، މަގުމަތީގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަނީ މަނާކޮށްފައެވެ.
ނޫސްވެރިންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއްނެތްކަމުގެ ޔަގީންކަން ފުލުހުންނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ދީފައިވާކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ. މީގެ އިތުރުން ވަޒީފާގެ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ކޮންމެ ނޫސްވެރިއަކު ވެސް އެމީހެއްގެ ޒާތީ ކަންކަން ކުރުމަށް ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް ހޭދަ ކުރަންޖެހޭނީ އާއްމު ފަރުދުންނެކޭ އެއްގޮތަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އާއްމުންނަށް އަންގަވާފައިވާ މިންގަނޑުގެ ތެރެއިން ކަމަށް އެމްއެމްސީން ބުނެއެވެ.
ހަމައެއާއެކު ނޫސްވެރިންގެ ޒިންމާތައް އަދާކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތިވެއްޖެނަމަ މީޑިއާ ކައުންސިލަށް ގުޅުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު