އަހުމަދު މަސްނޫމް   23 އޯގަސްޓު 2020 - 20:57
މާލޭގެ އިއްޒަތްތެރިންނަށް ވާތީ، ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ކުރައްވާނެކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދިޔާނާގެ ފިރިކަލުން، ކާށިދޫ ދާއިރާގެ ޗެއަރމަން އަބްދުﷲ ޖާބިރު މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ޝާހިދަށް ފުރިހަމައަށް އިތުބާރު ކުރައްވާކަމަށެވެ.

މިކަމާއި ގުޅިގެން ނުސީދާކޮށް ރައީސް ނަޝީދަށް އިޝާރަތްކުރައްވައި ޖާބިރުގެ އަނބިކަނބަލުން، އަލްއުސްތާޒާ ދިޔާނާ ސަޢީދު ވިދާޅުވީ ދެ ބޮނބިފަޅި މެދުގައި ކަތިވަޅިން މަރުގެ އެތިފަހަރެއް ޖެހި ނަމަވެސް މާލޭގެ އިއްޒަތްތެރިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ކުރައްވާނެ ކަމަށެވެ.

2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ވެއްޓި އޭރުގެ ނައިބުރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ރައީސްކަމުގެ ހުވާ ކުރައްވާ މަންޒަރުގެ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓުގައި ދިޔާނާ އިތުރައް ވިދާޅުވީ އުކުޅަހުގައި ދެވަނަ އެތިފަހަރު ޖެހީމާވެސް އިތުބާރު ވާނީ ބޮޑު ކަމަށެވެ. އަދި އެކަންތައް ރަނގަޅަށް ފަހުމު ނުވެގެން އުޅެނީ ރަށްފުށު މީހުންނަށް ކަމަށްވެސް ދިޔާނާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓި ރައީސް ޑރ. ވަހީދު މަގާމުގެ ހުވާ ކުރެއްވި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވީ އަބްދުﷲ ޝާހިދެވެ. ރައީސް ނަޝީދުގެ އިސްތިއުފާ ސިޓީ ލިބިވަޑައިގަތުމުން ރައީސް ވަހީދަށް މަގާމުގެ ހުވާ ކުރެއްވުމަށް މަޖިލިސް ރައީސްގެ ހައިސިއްޔަތުން ޝާހިދު ވަނީ އަންގަވައި އެކަމަށް މަގުފަހިކޮށްދެއްވާފައެވެ. އެކަން ހިނގާ ދިޔައީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު ދާދި ކުޑަ ގަޑިކޮޅެއްގެ ތެރޭގައެވެ. އަބްދުﷲ ޝާހިދު ޑރ. ވަހީދު ލައްވާ ރައީސް ކަމުގެ ހުވާ ކުރެއްވިއިރު އަދި އެމްޑީޕީގެ މެންބަރުންވެސް އަދި ގިނަ ރައްޔިތުންވެސް ތިބީ ވާނުވާ ނޭނގޭ ހާލުގައެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން އުޅުއްވާކަމަށް ޖާބިރު ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލް ވެފައިވާތީއެވެ. ޖާބިރު ވިދާޅުވީ ހުރިހާ މިޝަންތަކެއް ފެއިލްވެފައިވާ ކަމަށާއި ވަކި ގައުމަކާއި ނޫނީ ގުޅުން ބަދަހި ނުކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


5

ނާސްތާ

24-Aug-2020

ކަމަނާ ތިޔަ ދައްކަނީ ވަރަށް ވެސް ހެއޮ ވާހަކަ.. އެކަމަކު އިހަށް ކަމަނާގެ ފިރިކަލުން ހަމަބިމަށް ތިރި ކުރެވޭތޯ ބަލާދީބަލަ.. އޭރުން ފިރިކަލުން ދައްކާ ވާހަކަ މީހުން ގަބޫލުކުރާނެ..


-6

މަންސުރު

24-Aug-2020

ހަލީމް ގެ ވާހަކަ އަށް ވަރަށް ތާއީދު ދިޔާ އަސްލު ހަމަ ލަދުނުގަނޭތާ ޖާބެ އުލޭގޮތުން ހިއެއްނުވޭ ނުބޮެއެ ހުންނަ ވަގުތު ވެސް ހަމަ ހެނެއް ސައިކޯ ގޮލައެއް ކަމަށް ފެންނަނީ


3

ހަލީމު

24-Aug-2020

ކަމަނާ ޖާބިރު އިސްލާހު ޖާޑިއަށް ލައިދީބަލަ.. ކަމަނާ އަޅެފަހެ އެސޮރު އެ ތެޅޭ ގޮތުން ލަދެއް ނުގަނޭތަ؟ ނުގަންނާނެތާ ދޯ.. ފައިސާއަކު ކުންފީގެ ހިއްސާއަކު އެވަހެއް ނުދާވަނެތާ؟ އެއެއް މޮޔައެއް ނުވާނެ ވިއްޔަ؟ ފުކެއް ބޮޑުވަރު..


22

ޝާޑު

24-Aug-2020

ޝާހިދަށް އިތުބާރު ކުރާނީ ކިހިނެއް.. އެވެސް ވެރިކަމާ ބޫތުކައިގެން އުޅޭ ބޭފުޅެއް.. އަންނިވެސް ހަމަ އެހެން.. ދެން އިބްރާހީމް އަކީ ހުންނަ ހުންނަ ކުއްޖެއް.. ބެއިންދީމާ އެއިނީ.. ޝާހިދު އެބަލަނީ ފަސް އަހަރު ހަމަކޮށް ކަޅާ ކޮށްލައިގެން ނުކުމެ ރައްކަވާން.. އޭނާއަށް ވެރިކަމާ ގާތް ނުވެވޭނެ ކަން މިހާރު ޔަގީންވޭ..


-4

ޝާހިދު

24-Aug-2020

ދިޔާނާ ރަނާ ދޫންޏާ.. ޝާހިދަކީ އެޓީމުގެ މީހެކޭ.. ރޭގަނޑުގެ ސޫލާ ސިރާޒު ވަގުތުގެ ބައިވެރިއެއް.. މާޒިޔާ ކަޅޭއަށް ވ ރަނގަޅަށް އެނގޭނެ ތިންފުޅި ޑޮންޑޮން ކިހިލި ޖަހާލައިގެން އައިސް ލޯންޗަށް އަރަނީ މިއީ މަށަށް މިއީ ޝާހިދަށް މިއީ އަންނިއަށް... މި ގްރޫޕް ވަތްކެއް ނުވާނެ..


9

ދިޔާ

24-Aug-2020

ދިޔާނާ ބުންޏަސް ތެދެއްވާނީ ތެދަކަށް.. ޝާހިދު ވަހީދު ލައްވާ ހުވާ ކުރުވިއިރު އަދި އެބުނާ އިސްތިއުފާއެއް ދީފައި ނަޝީދަށް ގެއަށް ނުވަދެވޭ.. އަވަހަށް ގޮވާ ގެނަސް ހުވާކުރުވައިފި.. އޭރި އެންމެ ބޮޑު ބާޣީއަކަށް ހުރީ ޝާހިދު.. ތެދެއް ކަތިވަޅި ޖެހިތަން އަދިވެސް ފެންނާން އެހެރީ.. ދެވަނަ ފަހަރަށް ވެސް ޖެހީ.. އޭނާއަށް ޓިކެޓް ނުލިބޭނެކަން ޔަގީންވީމާ މަ ތާއީދުކުރާނީ ސޯލިހަށެ ގޮވާ ދުއްވައިގަތީ ފޮރިން މިނިސްޓްރީ ބޭނުންވެގެން..