ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓުމެންޓު ފުލުހުންނާ ހަވާލު ކުރަން އެންގި އެންގުން ފަސްކޮށްދިނުމަށް އޭނާގެ ފަރާތުން އެދުނު ނަމަވެސް އެ މުއްދަތު މިހާރު ދެވެން ނެތް ކަމަށް ފުލުހުން މިރޭ އަންގައިފި އެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފަައިވަނީ ކޯޓު އަމުރުގެ ދަށުން އެޕާޓްމެންޓްތައް ހުސްކޮށް ސެޕްޓެމްބަރު 28އިން ފެށިގެން 136 ގަޑިިއިރު ތެރޭ ފުލުހުންނާއި ހަވާލު ކުރަން އެންގި ނަމަވެސް، އިތުރު މުއްދަތެއް ހޯދުމަށް ޖެހިގެން އައި ދުވަހު ފުލުހުންގެ ހިދުމަތުގައި ބައްސާމްއެދިފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުމަށް ރިއާޔަތްކޮށް އޮކްޓޯބަރު ހަ ވަނަ ދުވަހުގެ 12:00 އާ ހަމައަށް މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެެ.

އެހެން ނަމަވެސް މިދިޔަ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހު އިތުރު މުއްދަތެއް ދިނުމަށް އެދިފައިވާ ކަމަށާއި އެ ހުށައެޅުން ދިރާސާ ކޮށް ބެލިއިރު އެޕާޓްމަންޓްތައް ހަވާލުކުރަން ބައްސާމް އަދީލް ޖަލީލް އެދުނު މުއްދަތު އޭނާ އަށް ދެވެން ނެތް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން މާދަމާ ރޭ 12:00ގެ ކުރިން އެޕާޓުމަންޓުތައް ހުސްކޮށް ފުލުހުންނާއި ހަވާލުކޮށްދިނުމަށް އަންގާފައިވާ ކަމަަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެެ. ފުލުހުން ބަޔާނުގައި ބުނީ މި ވަގުތުގެ ތެރޭގައި ދެ އެޕާޓްމަންޓް ހަވާލު ނުކޮށްފިނަމަ ގާނޫނީ އިމުގެ ތެރެއިން އެ އެޕާޓުމެންޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"2024 އޮކްޓޫބަރު 08 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އެޕާޓުމެންޓު ހަވާލު ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެޕާޓުމެންޓު މި ހިދުމަތުގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުމުންގެންދާ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން، އެފްއޭއެމުން އަމީން އެވެނިއުއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ފުލުހުން ބުނެފައިވެއެވެެ. އަދި އެއަދަދަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވީ ނަމަވެސް އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެެވެ.

އެ ފައިސާއަކީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން