ދުއްވާ އެއްޗެހި ދުއްވުން ހުއްޓާލުން ފަދަ ފިޔަވަޅުތައް އަޅައިގެން ވިޔަސް ދެވަނަ ލޮކްޑައުނަކަށް ރާއްޖެ ނުގޮސް ވޭތޯ ބަލަންޖެހޭ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ ދުއްވާ އެއްޗެހި ދުއްވުން ހުއްޓުވައިގެން ވިޔަސް ދެވަނަ ލޮކްޑައުނަކަށް ރާއްޖެ ނުގޮސް ވޭތޯ ބަލަން ޖެހޭ ކަމަށާއި ދެވަނަ ލޮކްޑައުނަކަށް ދިއުމަކީ ރައްޔިތުންނަށް އުފުލޭ ވަރަށްވުރެ ބޮޑު ބުރައެއް ކަމަށެވެ.
މިރެއިން ފެށިގެން ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް އެޗްޕީއޭ އިން ވަނީ ނިއްމާފައެވެ. ނަމަވެސް ރޭގަނޑު 22:00 އާއި ހަމައަށް ފައިމަގުގައި ބޭރުގައި އުޅުމަށް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ރޭގަނޑު 20:00 އިން ފަތިހު 05:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ ބޭނުމަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުތައް ވީހާވެސް ބޮޑަށް ހުއްޓުމަކަށް ގެނައުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އެޖެންސީ އިން ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކައި ހާލަތާ އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު