ސަރުކާރުން އިންޑިޔާގެ ފައިބުޑަށް ވެއްޓުނީ އެއްވެސް ގައުމަކުން އެހީ އެއް ނުލިބުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރަށް ވުރެ ގިނަ އެހީތަކެއް ބޭރު ގައުމުތަކުން ހޯދާނީ މި ސަރުކާރުން ބުނަމުން ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރަށް މިހާތަނަށް އެއްވެސް ގައުމަކުން އެހީއެއް ލިބިފައިނުވާ ކަމަށް ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ ބޭރު އެހީ ލިބޭނެ ކަމަށް ބުނެ ސަރުކާރުން ޖަހާ ހިސާބު ދިމާނުވާ ކަމަށެވެ. އެގޮތުން ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއެއް ނުލިބުނު ކަމަށާއި އިންޑިޔާގެ ފައިބުޑަށް ސަރުކާރުން ވެއްޓުނީ އެހެންވެގެން ކަމަށް ދީދީ ވިދާޅުވިއެވެ.
"މިބޭފުޅުންގެ (ސަރުކާރުގެ) ފޯކާސްޓްތަކާއި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ ނުލިބޭނެކަން ޔަގީންވާ ހިސާބުން މިހާރު މި އިންޑިޔާގެ ފައިބުޑަށް މިވެއްޓުނީ، ހަގީގަތަކީ މި ދައްކާ ވާހަަކަ އާއި ކުރާ އަމަލާ އެއްގޮތަށްކަށް ވެސް ދިމައެއްނުވޭ" ދީދީ ވިދާޅުވިއެވެ.
ދީދީ މިހެން ވިދާޅުވެފައިވާއިރު ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިއްޔެ ވަނީ އިންޑިޔާ އަށް ވަޑައިގެންފައެވެ.
ރައީސް މުޢިއްޒުގެ ދެކަނބަލުން އިންޑިޔާގެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އިންޑިޔާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި އެންމެ މުހިންމު ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ވެސް އިންޑިޔާއިން އެހީތެރިވެދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު