ދަރުމަވަންތަ ހޮސްޕިޓަލް؛ ކޯވިޑް-19 ގެބަލިމީހުން އެނދުމަތިކޮށްގެން ފަރުވާދޭ އެއް ހޮސްޕިޓަލަކީ ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް؛ ކޯވިޑް-19 ގެބަލިމީހުން އެނދުމަތިކޮށްގެން ފަރުވާދޭ އެއް ހޮސްޕިޓަލަކީ ދަރުމަވަންތަ ހޮސްޕިޓަލް
ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެޑްމިޓް ކުރުމަށް މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ހުރި އެނދުތަކުގެ ތެރެއިން 62 އިންސައްތަ އެނދު ފުރިއްޖެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް 268 އެނދު ވަނީ ގާއިމުކޮށްފައެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 18 އެނދެވެ. މިވަގުތު ހޯމް ކަރަންޓީނުގައި ހުރި ޑރ. ނަޒްލާ ވަނީ މިއީ އުނދަގޫ ހާލަތެއްކަން ފާހަގަކުރައްވައި މިހާލަތުން އަރައިގަތުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.



އެޗްޕީއޭއިން ބުނީ މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހަސްފަތާލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ހުރީ ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތީގައި ކަމަށެވެ. އެހެންކަމުން ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަޖުބޫރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ހާމަކުރި އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު ކޯވިޑް-19 އަށް ޕޮޒިޓިވިވެފައިވާ މީހުންގެ ތެރެއިން އިއްޔެގެ ނިޔަލަށް 169 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހަސްފަތާލުގައި އެނދުމަތިކޮށްގެންނެވެ. މިހާރުވެސް ރާއްޖޭގައި ބަލިޖެހިފައި 2521 މީހުން އެބަތިއްބެވެ. މާލޭގެ ފުރަބަންދަށް ލުއިދީ އޮފީސްތަކާއި އާންމު ޚިދުމަތްތައް ހުޅުވާލުމަށް ހުއްދަ ދިނުމާއެކު ކޯވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް މަތިވެފައެވެ. އެގޮތުން މިފަހަކަށް އައިސް ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުއިސައްތައާއި ގާތް ކުރެއެވެ. އަދި ޕޮޒިޓިވްވާ ދިވެހީންގެ އަދަދުވެސް އުޅެނީ ސަތޭކައިން މަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު