ވަޒީފާ އަދާކުރާ ބިދޭސީން ފިލުމާ ގުޅޭ އައު އާ އުސޫލުގެ ދަށުން ބިދޭސީއަކު ފިލައިފިނަމަ 2،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން ޖެހޭނެ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ހޯމް މިނިސްޓްރީން އާންމު ކުރި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ފިލުމާ ގުޅޭ އައު އުސޫލުގެ ދަށުން ވަޒީފާ ދޭ ފަރާތުގެ އިހުމާލުން ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ 2،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ގެއްލިގެން ރިޕޯޓްކުރާ ކޮންމެ ރިކުއެސްޓަކަށް 1،000 ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެއެވެ.
މި އުސޫލުތަކުގެ ދަށުން، 2024 އޮކްޓޯބަރު ހަވަނަ ދުވަހުން ފެށިގެން، ފިލައިގެން ނުވަތަ ގެއްލިގެން ރިޕޯޓްކޮށްފައިވާ ބިދޭސީންގެ ރިކުއެސްޓް އެކްސެޕްޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.
މި އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، 2024 އޮކްޓޯބަރު 6 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބިދޭސީއަކު ގެއްލުމާ ގުޅޭ ރިކުއެސްޓް އަނބުރާ ގެންދެވޭނެއެވެ. މި މުއްދަތު ހަމަވުމަށްފަހު ރިކުއެސްޓް އަނބުރާ ގެންދަން އެދޭނަމަ، 10،000 ރުފިޔާގެ ސަރވިސް ފީއެއް ދައްކަން ޖެހޭނެއެވެ.
އަދި އޮކްޓޯބަރު ހައެއްގެ ފަހުން ގެއްލިގެން ރިޕޯޓްކުރާ ބިދޭސީންގެ މައްސަލަތަކުގައި، ރިޕޯޓްކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރިކުއެސްޓް އަނބުރާ ގެންދަންވާނެއެވެ. މި މުއްދަތު ހަމަވުމަށްފަހު ރިކުއެސްޓް އަނބުރާ ގެންދަން އެދޭނަމަ، 10،000 ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެއެވެ.
ހޯމް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އައު ޕްރޮސެސްއާ ގުޅޭ ޔޫޒަރ ގައިޑްތައް އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުން 2024 އޮކްޓޯބަރު ހަވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 1500 އަށް ގުޅައިގެން ލިބޭނޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު