ކޯވިޑް-19 ގެ ސަބަބުން މެލޭޝިޔާ އަށް އަނބުރާ ނުދެވިފައި ތިބި ދިވެހި 50 ދަރިވަރަކު މިއަދު އެގައުމަށް ފޮނުވައިދީފިއެވެ.

މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ މި ދަރިވަރުން އަނބުރާ އެގައުމަށް ފޮނުވާލާފައިވަނީ އޭސް ޓްރެވެލްސް އިން މިއަދު ހެނދުނު 9:00 ގައި ޗާޓަރު ކުރި ފްލައިޓެއްގައެވެ.

އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މި ދަތުރުކުރުމަށް މެލޭޝިއާ އިން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައި ދަތިތަކެއް ދިމާވި ކަމަށާއި މިކަމުގައި ފޯރުކޮށްދިން އެހީތެރިކަމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އާއި ފޮރިން މިނިސްޓްރީ އަދި މޯލްޑިވިއަން އަށް ޝުކުރު އަދާކުރާ ކަމަށެވެ.



ކޮވިޑާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދަތުރުކުރެވެނީ ވަކި ހާއްސަ ހުއްދަތަކެއް ހޯދައިގެންނެވެ. މެލޭޝިއާގެ ބޯޑަރު ވެސް މިވަގުތު ބަންދުކޮށްފައި އޮތްނަމަވެސް މި މަސް ނިމުމުން އެގައުމުގެ ބޯޑަރު ވެސް ހުޅުވާލާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު