ގއ. ކަނޑުހުޅުދޫ ހަދުވަރުދޭގެ މައުސޫމް ހަސަންގެ ދޮށީ ފިރިހެން ދަރިފުޅު މުހައްމަދު މަފާޒަކީ އުފަންވިއިރު އެއްވެސް ސިއްހީ މައްސަލަ އެއް ހުރި ކުއްޖެއް ނޫނެެވެ. ހަމަގައިމުވެސް މަފާޒުގެ ލޮލުގެ ފެނުމުގެ މައްސަލަ އެއް ނެތެވެ. ސްކޫލަށް ގޮސް ކިޔަވައި ކުޅެ ހެދި ހުނަރުވެރި ތޫނުފިލި މޮޅު ކުއްޖެކެވެ. ނަމަވެސް ލޮލަށް ޖެހުނު ވައިރަހެއްގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުކޮށް މަފާޒު ކިޔެވުމަށް ބުުރޫއަރައި އެތަށް ވޭނެއް އޭނާ ވަނީ ތަހައްމަލު ކޮށްފައެވެ.
މަފާޒުގެ އުމުރުން އެންމެ 7 މަހުގައި އޭނާގެ ލޮލުގައި އާދަޔާ ޚިލާފަށް ދޮސް އުފެދި ލޮލަށް ތަދުވެ ފެން އަންނަން ފެށިއެެވެ. މަފާޒު ޑޮކުޓަރަށް ދެއްކުމުން އެއީ މާބޮޑުކަމަކަށް ޑޮކުޓަރު ނުހެދިއެެވެ. މަފާޒުގެ ބައްޕަ މައުޞޫމް ޙަސަނަށް ޑޮކުޓަރު ދިން ޖަވާބަކީ އެކުއްޖާގެ ލޮލުން ދޮސް އަންނަނީ އެލާޖިކެެއްގެ ސަބަބުން ކަމަށެވެ. އަދި އުމުރުން މައްޗަށްދާ ވަރަކަށް އެކަން ރަނގަޅު ވާނެ ކަމަށް ޑޮކުޓަރު ބުންޏެެވެ. އެހެން ނަމަވެސް ކަންވީ ޑޮކުޓަރު ބުނިގޮތަކަށް ނޫނެވެެ. މަފާޒު ލޮލުން ދޮސް އަންނަ މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސް މަފާޒުގެ ބައްޕަ މައުސޫމް ހަސަން ކަންބޮޑުވުމާއި ހާސްވުންވީ އިތުރެވެ.
އެންމެފަހުން މައުސޫމް ޙަސަން މަފާޒު ގޮވައިގެން ބަދަލުވީ މާލެއަށެވެ. އެއީ މަފާޒު ޑޮކުޓަރަށް ދައްކަން މާލެ އަންނަން ޖެހޭތީއެެވެ. މާލެ އަށް ބަދަލުވުމަށްފަހު މަފާޒު އައިކެއާ ހޮސްޕިޓަލަށް ދެއްކުމުން ވެސް ދިނީ ކުރިން ހަމަ ޑޮކުޓަރު ދިން ޖަވާބެވެ. މަފާޒުގެ ލޮލުން ދޮސް އަންނަނީ އެލާޖިކެއްގެ ސަބަބުން ކަމަށެވެ. މަފާޒަށް ލޮލަށް ދިމާވި މައްސަލަ ނޭނގި އޭނާގެ ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. މައުސޫމް ވަނީ އޭނާގެ ދަރިފުޅު މަފާޒު އައިޖީއެމްއެޗް ހޮސްޕިޓަލުގެ އެކި ޑޮކުޓަރުންނާއި މާލޭގެ އެކި ކްލިނިކް ތަކުގެ ޑޮކުޓަރުންނަށް ވެސް ދައްކާފައެެވެ. އެހެން ނަަމަވެސް އެ ބައްޔަށް އެދެވޭ ފަރުވާއެއް ޝިފާއެެއް ނުލިބުނެެވެ. އެލާޖިކެއް ކަމަށް ބުނެ ކޮންމެ ޑޮކުޓަރަކު ވެސް މަފާޒަށް ދެނީ އެލާޖިކަށް ކާ ބޭސްތަކެކެެވެ. އެންމެ ފަހުން އޭޑީކޭ ހޮސްޕިޓަލަށް މަފާޒު ދެެއްކުމުން އޭނާ އަށް ރާއްޖެ އިން ދެވޭނެ ފަރުވާ އެއް ނެތް ކަމަށާއި ވީ އެންމެ އަވަހަކަށް ރާއްޖެ އިން ބޭރަށް ދާން އޭނާގެ ބައްޕަ މައުސޫމަށް ލަފާ ދިނެވެ.
އެހެންކަމުން މަފާޒު ގޮވައިގެން އިންޑިޔާ އަށް ދިޔައެވެ. "ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން މައުޞޫމް ޙަސަން ބުނީ އިންޑިޔާގައިި ލޮލުގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލުތައް ކަމަށްވާ އިންޑިޔާގެ އަގަރުވާލާ ހޮސްޕިޓަލާއި، އަރަވިންދު ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. އެގޮތުން އިންޑިޔާގެ ލޮލުގެ ބަލިތަކަށް ހާއްސަ ޗައިތޭނިޔާ ހޮސްޕިޓަލުގެ ޑޮކުޓަރަށް މަފާޒު ދެއްކުމުން ޓެސްޓްތަކެެއް ހެދުމަށްފަހު އޭނާ އަށް ޖެހިފައިވަނީ ލޮލަށް ދިމާވާ ބައްޔެއް ކަމަށްވާ "ކެރެޓް ކޯނިއާ" ކަމަށް ބުނި ކަމަށް މައުސޫމް ބުނެއެވެެ.
މައުސޫމް ކިޔައިދިންގޮތުގައި މަފާޒު އުމުރު ހަގުވުމުން އޭނާ އަށް ދެވޭނެ ފަރުވާ އެއް ނެތް ކަމަށާއި އުމުރުން ހަތަރު އަހަރު ފުރުމުން ފަރުވާ އަށް އަންނަން ޗައިތާނިޔާ ހޮސްޕިޓަލުން އެންގިއެވެ. އަދި މަފާޒަށް ފަރުވާ އެއް ދެވޭނީ އުމުރުން 20 އަހަރާއި 25 އަހަރާއި ދެމެދުގައި ކަމަށް އިންޑިޔާގައި އޭނާ ބެލި ޑޮކުޓަރުން ބުނި ކަމަށް މަޢުސޫމް ބުންޏެެވެ. އެހެންކަމުން މަފާޒު ގޮވައިގެން މައުސޫމް އައީ މާލެ އަށެވެ. މާލެ އައިސް މަފާޒު ގޮވައިގެން މައުސޫމް އުޅެންޖެހުނީ ވަރަށް ހާލުގައެވެ.
މަފާޒުވެ ލޮލަށް ތަދުވާތީ ރަނގަޅަކަށް ނުނިދެއެެވެ. އަލީގެ ތެރެއަށް ނިކުމެ މަފާޒަކަށް ނޫޅެވެއެެވެ. ރަނގަޅަށް ލޮލަށް ނުފެންނާތީ ސުކޫލަކަށް ނުދެވެއެެވެ. ބަލީގެ ސަބަބުން މަފާޒު ގެންދިޔައީ އެތައް ވޭނެއް ތަޙައްމަލުކުރަމުންނެެވެ. އެމަންޒަރު ކެތްތެރިކަމާއެކު ބަލަން ހުރުން ނޫން ގޮތެއް މައުސޫމަކަށް ނެތެވެ. ހަމަގައިމު ވެސް އެވޭން ދަރިއަކު ތަހަމައްލު ކުރާތަށް ބެލުމަކީ އެއްވެސް މަޔަކަށް، ބަފަޔަކަށް ފަސޭހަ ކަމެއް ނޫނެވެ. އެތައް ފަހަރަކު މަފާޒު އޭނާގެ ލޮލަށް ފެންނާނެތޯ ބައްޕަ މައުސޫމާއި ސުވާލުކުރިއެެވެ. އެ ސުވާލަކަށް ދޭނެ ޖަވާބެއް މައުސޫމްގެ ނެތެވެ. މިއީ މައުސޫމްގެ އާއިލާއަށް މާތް ﷲ ކުރިމަތިކުރެެއްވި ވަރުގަދަ އިމްތިހާނެއް ކަމަށް ހިތުގެ އަޑިން ގަބޫލުކޮށް ހިތްވަރު އެލުވައި ނުލާ މައުސޫމް ގެންދިޔައީ ދަރިފުޅުގެ ލޮލުގެ ފެނުމަށް ކުރާ އުއްމީދު ހަގީގަތަކަށް ހަދައިދިނުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެެ. އެކަމަށްޓަކައި ކިތަންމެ ދިގު ރާސްތާއެއް ކަޑައްތު ކުރަންޖެހުނު ނަމަވެސް މައުސޫމްގެ ފަރުވާލެއް ނެތެވެ. ދަރިފުޅުގެ ހައްގުގައި ކޮންމެފަަދަ ގުރުބާނީ އެއްވާން ވެސް މައުސޫމް ހުރީ ތައްޔާރަށެވެ.
މައުސޫމް ބުނިގޮތުގައި މަފާޒު ގޮވައިގެން އިންޑިޔާ އަށް މިހާރު 29 ފަހަރު ދެވިއްޖެއެެވެ. އެހެންނަމަވެސް ބައްޔަށް އެދެވޭ ކުރިއެރުމެއް ނުލިބުމުން އާއިލާގެ އެހެން މީހުންގެ ލަފަޔާއެކު އާންމު އެކި ފަރާތްތަކުގެ ދީލަތި އެހީއާއެކު މަފާޒު ގޮވައިގެން ބޭސްފަރުވާ އަށް ދިޔައީ ތައިލެންޑަށެވެ. ތައިލެންޑުން މަފާޒު ދެއްކީ ބުމުރުންގްރާޑް' ހޮސްޕިޓަލަށެވެ. ބުމްރަންގްރާޑް'ގެ ކޯނިއާ ޓްރާންސްޕްލާންޓް ސެންޓަރަކީ ތައިލޭންޑްގައި އެބައްޔަށް ފުޅާ ދާއިރާއެއްގައި ފަރުވާ އާއި ހިދުމަތް ފޯރުކޮށްދޭ ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލެވެ. އެ ސެންޓަރުގައި ކޯނިއަލް ޓްރާންސްޕްލާންޓްގެ އެޑްވާންސް ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ލޮލުގެ ޑޮކްޓަރުންގެ ޓީމެއް ހިމެނެއެވެ.
ތައިލެންޑަށް ދިޔައިރު މަފާޒުގެ ލޮލަށް އެއްވެސް ވަރަކަށް ނުފެނެއެެވެ. ޅޮލުގެ އެތެރޭގައި ދޮސް ގިނަވެ ނުހުޅުވެއެެވެ. ތައިލެންޑުން ލޮލުގެ އެލާޖިކް ބަލިތަކަށް ޚާއްސަ ޑޮކުޓަރަކަށް ދެެއްކުމުން މަފާޒަށް ދިނީ ކުޑަ ބޭސް ގުޅައެކެެވެ. ބޭސް ގުޅަ ދިނުމުން އެ ބޭނުންކުރުމަށްފަހު ދެގަޑިއިރު ތެރޭގައި ކުރިއެރުމެއް ލިބިއްޖެނަމަ ބޭސް ބޭނުންކުރުމަށާއި އެ ދެގަޑިއިރު ތެރޭގައި އެއްވެސް ކުރިއެރުމެއް ނުލިބިއްޖެނަމަ އިންޖެކްޝަނެއް ޖަހަން ޖެހޭނެ ކަމަށް ޑޮކުޓަރު ބުންޏެވެ. ބޭސް ބޭނުންކުރުމުން ވެސް މަފާޒުގެ ހާލަތަށް ބަދަލެއް ނައުމުން އިންޖެކްޝަނެއް ޖެހިއެވެ. އެއީ 84970 ބާތުގެ އަގުބޮޑު އިންޖެކްޝަނެކެވެެ. އެހެން ނަމަވެސް އިންޖެކްޝަން ޖެހުމާއި ޑޮކުޓަރު ފީ އާއެކު އެކަމަށް 170000 ބާތު ޚަރަދުވެއެެވެ. އެކިފަހަރު މަތިން 16 އިންޖެކްޝަން މަފާޒު ގަޔަށް ޖެހުމުން އޭނާގެ ލޮލަށް މިހާރު ފެންނަން ފަށައި ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެެވެ.
"ރަސް" އަށް މައުލޫމާތު ދެމުން މައުސޫމް ހަސަން ބުނީ ދަރިފުޅު މަފާޒު ކަނާތު ލޮލުގެ 50 ޕަސެންޓް ފެންނަން ފަށާފައިވާ ކަމަށެވެ. އަދި އޭނާގެ ވައަތު ލޮލުގެ ގާތްގަނޑަކަށް 70 ޕަސެންޓް ފެންނަށް ފަށާފައިވާ ކަމަށް މައުސޫމް ބުންޏެވެ. މައުސޫމް ބުނިގޮތުގައި މަފާޒުގެ ލޮލުގެ ފެނުން އެގޮތުގައި ހިފަހައްޓަން ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަންޖެހެއެވެ. އެ އޮޕަރޭޝަންގެ ފަރުވާއަށް ގާތްގަނޑަކަށް 15000 ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ މައުސޫމް ރަސް އަށް މައުލޫމާތު ދިނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ދެލައްކަ ތިރީސް އެއްހާސް ތިންސަތޭކަ ރުފިޔާއެވެ.
ލިބޭ މުސާރައިން މާލޭގެ ތަނެއް ކުއްޔަށް ހިފައިގެން އުޅުމުން ތަނުގެ ކުލި ދެއްކުމަށްފަހު ދަރިފުޅު ގޮވައިގެން ބޭރަށް ގޮސް ބޭސްކުރެވޭނެ މާލީ ތަނަވަސް ކަމެއް މައުސޫމްގެ ނެތެވެ. މައުސޫމްގެ ތިން ދަރިންނަށް ޚަރަދުކޮށް މާލޭގައި އޭނާ ދިރިއުޅޭ ތަނަށް ކުއްޔާ ބިލްތައް ދައްކަން ބޮޑު ޚަރަދެއް ހިނގާތީ ދަރިފުޅުގެ ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ދާނެ ފައިސާ އެއް ނުހުރެއެެވެ. ލިބޭ މުސާރަކޮޅުން ދެކޮޅު ނުޖޭހެތީ އާއި ދަރިފުޅުގެ ބޭސްފަރުވާ އަށް ޚަރަދުތައް ހަމަޖައްސަން މައުސޫމް އެތަކެއް ތާކަށް ސިޓީ ލައި އާދޭސްކޮށްފިއެެވެ. އެހީ އަށް އެދި އެންސްޕާ އަށް ލީ ސިޓީތަކަށް ޖަވާބެއް ނުލިބޭ ކަމަށް މައުސޫމް ބުނެއެެވެ.
މައުސޫމް އޭނާގެ ދަރިފުޅު ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެެވެ. ތައިލެންޑްގައި ބޭސްފަރުވާ އާއި ހުރުމާއި ކެއުމަށް ބޮޑު ޚަރަދެއް ހިނގާނެތީ މައުސޫމްގެ އާއިލާއިން އެދެނީ އާންމުންގެ ދީލަތި އެހީއަށެވެ. މައުސޫމްގެ އާއިލާއަށް މިއަދު ވަނީ ދިވެހި ރައްޔިތުންގެ އެހީ އަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. ވޭނުގައި 14 އަހަރު އުޅުމަށްފަހު މަފާޒުގެ ދިއްލިފައިވާ އުއްމީދުގެ ހުޅުކޮޅު ނިވުނަ ނުދީ މަފާޒުގެ ލޮލުގެ ފެނުމަށް ކުރާ އުއްމީދު ހަގީގަތަކަށް ހެދުމަށް އެމީހަކަށް ވެވުނު މިންވަރަކުން އެހީފޯރު ކޮށްދިނުމަކީ އުފަލަކަށް ހަދަމާތޯއެވެ.
- މަފާޒަށް އެހީ ތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ:
- ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރ:7712216293101 (މައުސޫމް ހަސަން)
- ބީއެމްއެލް ޑޮލަރ އެކައުންޓް ނަންބަރ: 7730000435922 (މައޫސޫމް ހަސަން)
- އިތުރު މައުލޫމާތު ހޯދުމަަށް:7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)

ކިޔުންތެރިންގެ ހިޔާލު