އަހުޒަމް އަޙްމަދު   18 ސެޕްޓެމްބަރު 2024 - 9:49
ބަލިމީހުންގެ ޝަކުވާ ހުށަހަޅަން ޕޯޓަލްއެއް ގާއިމުކޮށްފި އެވެ.

އެ ޕޯޓަލް ލޯންޗުކުރީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން އިއްްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

"މާހަރު" ގެ ނަމުގައި ލޯންޗުކުރި އެ ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ކުރީގެ ހެލްތު މިނިސްޓަރ ޑޮކްޓަރ އައިމިނަތު ޖަމީލެވެ.

މި ޕޯޓަލްގެ އެހީގައި ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ހިއްސާ ކުރުމުން ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރުމަކީ ސިއްްހީ ހިދުމަތާމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އެފަދަ ނިޒާމެއް ގާއިމުކުރެވިގެން ދިއުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ޕޯޓަލް ތައްޔާރުކޮށްފައިވަނީ ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު