ޗައިނާއާއެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލުކުރަން ފެށުމުން ދެ ގައުމުގެ ދޭތެރޭގައި ކުރަމުން އަންނަ ވިޔަފާރި ފުޅާވެ، އަހަރަކު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޗައިނާއާއެކު މިހާރު ވެސް 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރަމުން ގެންދާކަމަށެވެ. އަދި ޗައިނާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ އެފްޓީއޭ ގާއިމް ކުރެވިގެންދިޔުމުން ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ފުޅާވެ އަހަރަކު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވަނީ މިދިޔަ ސެޕްޓެންބަރު 13، ގައި ޗައިނާއާއެކު ސޮއި ކުރި ލޯކަލް ކަރަންސީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއްވާނެކަން ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ފްރީ ޓްރޭޑް އެގްރިމެންޓާއެކު ވިޔަފާރި ފުޅާވުމުގެ އިތުރުން ޑޮލަރުގެ ބަދަލުގައި ލޯކަލް ކަރަންސީން ވިޔަފާރި ކުރެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މީގެ ކުރިން ވަނީ މި ހިނގާ ސެޕްޓެންބަރު މަހު ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލުކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.
"ޗައިނާގެ އެފްޓީއޭ އިރާދަކުރެއްވިއްޔާ، މިހާރު އެ ހިނގާ ގާނޫނީ މަރުހަލާ ނިމިގެން ގޮސް، ސެޕްޓެންބަރު މަސް ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ، އެފްޓީއޭ ތަންފީޒު ކުރަން ފެށޭނެ،" ޖުލައި 26، ގައި ރައީސް ވިދާޅުވިއެވެ.
ޗައިނާގެ އިތުރުން އިންޑިޔާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު