ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދާރުލްއާސާރުތައް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރި ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދާރުލްއާސާރުތައް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރިކަމަށާއި އެތަންތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ އާމްދަނީ ލިބޭނެ ގޮތަކަށްކަމަށެވެ. ވަޒީރު ވިދާޅުވީ އާސާރުތައް ތަރައްޤީކުރުން ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެކަމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އާސާރީ އެކި ތަންތަނާއި ކަންކަން ހުރިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި އޮތް ހަޟާރަތް ދެމެހެއްޓުމަށްޓަކައި މިފަދަ ދާރުލްއާސާރުތައް ތަރައްޤީކުރުމަކީ މުހިއްމުކަމެއްކަމަށެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެނިފައި ހުރި ތަރިކަ ނުވަތަ އާސާރުތައް މިހާރު ހުރީ މާލޭގެ ދާރުލްއާސާރުގައެވެ. މީގެ އިތުރުން އަތޮޅުތަކުގައިވެސް މަދުން ނަމަވެސް ރައްޔިތުން މިފަދަ އާސާރުތައް ތަރައްޤީކޮށް އެއިން މަންފާ ހޯދަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު