މާލޭގެ ފަސް ތަނެއް ބަލައި ފާސްކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް މިހާރު ދަނީ ހިންގަމުން ކަމަށެވެ.

އެގޮތަށް މި އޮޕަރޭޝަންގައި 12 ސެޕްޓެންބަރު 2024 ގައި، މާލޭގެ 05 ގެއެއް ބަލައި ފާސްކުރެވިފައިވާ ކަމަށާއި އެ ތަންތަނުން ޖުމުލަ 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން