ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ކުރިޔަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފިއެވެ.

އައްޑޫ ހިމެނޭ ސަރަހައްދުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނާ ބައްދަލު ކޮށް ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ކުރިޔަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން މައުލޫމާލު ދެއްވުމަށް ބޭއްވި މި ބައްދަލުވުމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

ވަޒީރު މުހައްމަދު ސައީދު ވަނީ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި އެކަންކަން ހައްލު ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ވިޔަފާރިވެރިންގެ އެކިއެކި ސުވާލުތަކަށް ވަޒީރުވަނީ ޖަވާބު ދެއްވާފައެވެ.

ރާއްޖޭގެ އިގްތިސާދުގައި އެ ސަރަހައްދުގެ ވިޔަފާރިވެރިންގެ ދައުރު ފުޅާކޮށް ކުރިއަރުންވަން ބޭނުންވާ ކަންތައްތައް މި ބައްދަލުވުމުގެ ބައިވެރިން ވަނީ ވަޒީރާ ހިއްސާ ކުރައްވާފަ އެވެ. އަދި ވިޔަފާރިވެރިންނަށްހުރި ދަތިތައް ހައްލު ކޮށްދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމުގެޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން