އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރު
އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރު
ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި- އިލެކްޝަންގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ކެންޑިޑޭޓް، އަބްދުލްހަމީދު އަބްދުއްސައްތާރު ކާމިޔާބު ކުރައްވައިފިއެވެ.

މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ކައުންސިލަރަކު އިންތިޚާބުކުރުމަށް މިއަދު ވޯޓްލުން ކުރިއަށް ގެންދިޔައީ ހެނދުނު 08:00 އިން ފެށިގެން މިއަދު ހަވީރު 16:00 ގެ ނިޔަލަށެވެ.

މާރަންދޫ ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރާއި އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުޙައްމަދެވެެ.

ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އިންތިހާބު ކާމިޔާބުކުރެއްވީ 285 ވޯޓް ހޯއްދަވައިގެންނެވެެ. އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދަށް ލިބިވަޑައިގެންފައިވަނީ 250 ވޯޓެެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ 560 މީހުން ކަމަށެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 76.09 އިންސައްތަ މީހުންނެވެ.

ރައީސް މުޢިއްޒު މިހާރު ވަނީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ އަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ވޯޓް ދިން ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާރަންދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީއެންސީ ކައުންސިލަރެއްގެ އިތުރުން އެމްޑީޕީގެ ތިން ކައުންސިލަރުންނާއި އަމިއްލަ ގޮތުން ހޮވިފައިވާ ކައުންސިލްގެ ރައީސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން