އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ދިވެހި ސަރުކާރުން ބައިވެރިވާންޖެހޭ ހާލަތެއް ނެތް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން "ފްރާންސް24" ގެ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވަނީ ވަގުތީ ދަތިކަމެއް ކަމަށެވެ. އަދި މިއީ އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަންޖެހޭ ފަދަ ހާލަތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ޓެކުހަށް ގެންނަ އިސްލާހުތަކުންނާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިސްލާހުކުރުމުން ސަރުކާރަށް ކުރިމަތިވެފައިވާ ފައިސާ ނެތުމުގެ ދަތިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެެވެ.
މީގެ އިތުރުން ޓެކްސް ނެގުމުގެ ކަންކަމަށް ގެންނަ ބަދަލުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކޮށް އެފިޝެންޓް ކުރުމަށް ފަށާފައިވާ މަސައްކަތް ތަންފީޒުކުރަން ފެށުމުން ލިކުއިޑިޓީ އިތުރުވާނެކަން ޒަމީރު ފާހަގަކުރެއްވިއެވެ. ޒަމީރު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވާ ކަންކަމުގައި ވަރަށް ހާއްސަ އިސްކަމެއް ދީގެން އެހީތެރިވާ ބައިނަލްއަގުވާމީ ބައިވެރިން އެބަތިބި ކަމަށެވެ.
އެގޮތުން އިންޑިޔާ އާއި ޗައިނާއާއެކު މިހާރު އޮތް ގުޅުން ރަނގަޅުވެފައިވާ ކަމަށާއި އެ ދެގައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ފިޗް ރޭޓިން އާއި މޫޑީސް އިން ދާދިފަހުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށް އެކަން އިއުލާންކޮށްފައެވެ. ސަރުކާރުން ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ އިސްލާހީ ފިޔަވަޅުތަކާ އެކު ރޭޓިން ރަނގަޅުވާނެ ކަމަށެވެ. އަދި އެއްވެސް ލޯނެއް ޑީފޯލްޓް ނުވެ ބޭރުގެ ދަރަނި ދައްކަންޖެހޭ މުއްދަތުގައި ދައްކައި ބޭރު ފައިސާ އިތުރުކޮށް ރިޒާވް އިތުރުކުރެވޭނެ ކަމުގެ ޔަގީން ކަން ސަރުކާރުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު