ރާއްޖެއާއި ޗައިނާގައި ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރަން ފެށުމުން އިގުތިސާދީ ގޮތުންނާއި މާލީ ގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ސަޢީދު މިހެން ވިދާޅުވީ ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީއާ) ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރުމާއި ގުޅިގެންނެވެ. އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، މި އެއްބަސްވުމުން ޗައިނާ އާއި ރާއްޖޭގެ ގާތް ގުޅުން ދައްކުވައިދޭ ކަމަށެވެ. އަދި އެ އެއްބަސްވުމުން ވިޔަފާރީގެ ގޮތުންނާއި މާލީ ގޮތުން ދެ ގައުމަށް އެއްބާރުލުން ލިބިގެންދާނެ ކަމަށާއި އިގްތިސޯދީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ސަޢީދު ވިދާޅުވި އެވެ.



"މިއީ ރާއްޖެއަށް ތާރީހީ ބަދަލެއް ގެނެސްދޭނެ އެއްބަސްވުމެއް. މިހާރު ރާއްޖެއަށް އެންމެ ބޮޑަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށްވެސް ހައްލު ލިބިގެންދާނެ. އަދި މިއީ ވިޔަފާރިވެރިންނަށް އެތަށް ގޮތަކުން ފައިދާވެ ލުއިފަސޭހަވެގެންދާނެ ކަމެއް." މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވަނީ މިއީ ކުރު މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ވަރަށް ބޮޑު ކާމިޔާބެއް ކަން ފާހަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު