ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން 4x100 މީޓަރު ރިލޭއިން ބްރޯންޒް މެޑަލް ހާސިލްކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެެވެ.
ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް މުބާރަތް ކުރިއަށް ގެންދިޔައީ އިންޑިއާގެ ޗެންނާއީގައި މިމަހުގެ 11 އިން 13 އަށެވެ.
މި މުބާރާތުގައި ދިވެހި ޒުވާން އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން 100 މީޓަރު ރިލޭއިން ބްރޯންޒް މެޑަލް ހޯދީ ރާއްޖޭގެ ޖޫނިއަ އުމުރުފުރާ އިންނެެވެ.
މިފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއަ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވާދަކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ.
ދިވެހި އެތުލީޓުން ބްރޯންޒް މެޑަލް ހޯދައިދީފައިވާތީ ރައީސް މިރޭ ވަނީ އެކަން ފާހަގަކުރައްވައި ދިވެހި ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް މުޢިއްޒުގެ ތަހުނިޔާގެ މެސެޖުގައި ވަނީ ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ހާސިލްކޮށް، ދެއްކި ހުނަރާއި ހިތްވަރަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ސާބަސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު