އެމްޑީޕީ ސަރުކާރުން ވީރާނާ ކޮށްލާފައިވާ އިޤްތިޞާދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޅަށް ޖައްސަވައި އެމަނިކުފާނު ރައްޔިތުން ހެއްވާލާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

"އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ވީރާނާ ކޮށްލާފައިވާ އިޤްތިޞާދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޅަށް ޖައްސަވާނެ ކަމަށާއި މިހާރު ފެނިގެން ދަނީ އެކަމުގެ އަލިގަދަ ހެކި ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޗައިނާއަށް ދިވެހި ރުފިިޔާއިން ފައިސާ ދެއްކޭނެ ކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ދިވެހި ވިޔަފާރީ ވެރިންނަަށް ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ކަމަށެވެ.



އޭނާ ވިދާޅުވީ ދެޤައުމުގެ ރައްޔިތުންނަށް ދެ ޤައުމަށް ދަތުރުކޮށް ޔޫއެސް ޑޮލަރާއި ނުލައި އެގައުމެއްގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ. އަދި ދެ ޤައުމުގެ އިންވެސްޓްމަންޓް ތަކަށް ދެޤައުމުގައި އެޤައުމެއްގެ ފައިސާއިން އިންވެސްޓްކޮށް ހެދޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޑރ މުޢިއްޒު ރައްޔިތުން ހެއްވާލަ ދެއްވާނެ ކަމުގެ ޔަގީން ކަން ސުޖާއު ވަނީ ދެއްވާފައެވެ. އަދި ދިވެހި އިޤްތިސާދު ނަގާ ރައީސް ކޮޅަށް ޖައްސަވާނެކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު