ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ އަށް ފެން ޕްލާންޓެއް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަވަސް އަރުވާލައިގެން ތިނަދޫ އަށް ފެން ޕްލާންޓެއް ހޯދުމުގައި އެކުންފުނިން އަމަލުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ދޮގު މައުލޫމާތުތަކެއް ކަމަށެވެ. ފެނަކަ އިން ބުނީ އާބާދީގެ ޑިމާންޑާއި އެއްވަރަށް ފެން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވެފައި ވަނީ ތިނަދޫ ސިޓީއަށް ކަމަށެވެ. އެގޮތުން އެސިޓީގައި މިހާރު ޚިދުމަތް ދެމުންގެންދާ ފެން ޕްލާންޓުން އެކަނި ޚިދުމަތް ދޭންޖެހުމުން ޚިދުމަތް މެދުކެނޑި ފާއިތުވެދިޔަ ދެމަސް ތެރޭގައި 3 ފަހަރަށް އަމިއްލަ ފަރާތަކުން ފެން ހޯދަންޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ފެނަކައިން ބުނީ ފެނުގެ ޚިދުމަތަށް ބުރޫއަރާ ކޮންމެ ފަހަރަކު ތިނަދޫ ސިޓީގެ ރައްޔިތުންނަށް އެތަށް ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ.
ފެނަކަ އިން ބުނީ ފާއިތުވެ ދިޔަ ދެ މަސްދުވަހު ތިނަދޫ ސިޓީ އަށް ފެން ފޯރުކޮށްދިނުމަށް އެކަނި 4.5 މިލިއަން ރުފިޔާ ހޭދަކުރަންޖެހުނު ކަމަށެވެ. ފެނަކަ ކޯޕަރޭޝަންގެ ބަޔާނުގައި ބުނިގޮތުގައި އެރަށުގައި ފެނުގެ ކެޕޭސިޓީ އިތުރު ނުކުރެވިއްޖެނަމަ ކޮންމެ މަހަކު ވެސް ފެނުގެ ޚިދުމަތް މެދުކެނޑުމުގެ ތަކުލީފާއި ރައްޔިތުން ކުރިމަތިލާންޖެހޭނެއެވެެ. އެހެންކަމުން އެމައްސަލަ އަށް ހައްލެއް ހޯދުމަށް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އަށް ހުށައަޅާފައިވާ ކަމަށް ފެނަކަ އިން ބުންޏެެވެ. އަދި އެމްޑަބްލިއުއެސްސީ އިން އެކަމަށް 5 ހަފުތާ ހޭދަވާނެ ކަމަށާއި ސްޓެލްކޯ އިން އެކަމަށް 180 ދުވަސް ހޭދަވާނެ ކަމަށް އަންގާފައިވާތީ އެކުންފުނީގެ ވެލްޑަރުންގެ ތެރެއިން ޚިދުމަތްދޭ އަމިއްލަ ކުންފުނިތަކަށް އާރްއެފްކިއު (ރިކްއެސްޓް ފޯރ ކޯޓް) ކުރެވުނު ކަމަށާއި އެކަމަށް ދެ ފަހަރެއްގެ މަތިން އިއުލާންކުރުމުން ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށް ފެނަކަ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފެނަކަ އިން ބުނީ އެފަރާތާއެކު އެއްބަސްވުމެއް ގާއިމްކުރުމުގެ ކުރިން ހުށައަޅާފައިވާ އަގާއި މެދު މަޝްވަރާކޮށް އަގު ވެސް ކުޑަކޮށްފައިވާ ކަމަށެވެ.
"މި ފެން ޕްލާންޓް ހޯދުމުގައި މިކުންފުނިން ޢަމަލުކޮށްފައިވާނީ ޕްރޮކިއުމަންޓް އުސޫލުގެ ތެރެއިން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަވެގެން ކަމަށް ދަންނަވަމެވެެ. މިފެން ޕްލާންޓް އިންސްޓޯލް ކުރެވޭނީ އޭގައި ހިމަނަންޖެހޭ ހުރިހާ ބައިތަށް ފުރިހަމަވެގެން ކަމަށް ދަންނަވަމެވެެ،" ފެނަކަ އިން ނެރުނު ބަޔާނުގައިވެއެެވެ.
ފެނަކަ އިން ބުނީ ތިނަދޫގައި ފެން ޕްލާންޓް ގާއިމްކުރުމުން 600 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށެވެ. ފެނަކައިގެ ނޫސްބަޔާން ނިއްމާލުމުން އިތުރަށް ބުނެފައިވަނީ އެކުންފުންޏާއި މެދު އަސްލެއް ނެތް ދޮގު ޚަބަރު ފަތުރަނީ ވަކި ބަޔަކު އަޑީގައި ތިބެ ކުންފުނީގެ އަގު ވައްޓާލުމަށް ކަމަށެވެެ. ފެނަކަ އިން ބުނީ ސިޔާސީ ފަރާތްތަކުން އަޑީގައި ތިބެ ހަލަބޮލިކަން އުފައްދައި، މަސައްކަތްކުރަނީ ތިނަދޫ ހުއްޓުމަކަށް ގެނައުމަށް ކަމަށާއި އެކަން ކާމިޔާބުވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގައި އެކުންފުނި ދެމި އޮންނާނެ ކަމަށެވެ.
"އަދި ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި ނުތަނަވަސްކަން އުފެދޭގޮތަށް ޚަބަރު ނުފެތުރުމަށް އިލްތިމާސްކުރަމެެވެ." ފެނަކަ އިން ބުންޏެވެެ.
ފެނަކަ އިން ވަނީ އެކުންފުންޏަކީ ރައްޔިތުންނަށް އެންމެ އަސާސީ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަކަށްވާއިރު ކުންފުންޏަަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި އެކު ވެސް މި ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށް މަޑުޖެހުމެއް ނާއްނާނެކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު