20 ދިވެހީން ވޮލީ ކޯޗުކަމުގެ ތަމްރީންހަދަން ޗައިނާއަށް ފޮނުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ވޮލީ ކޯޗުން ތަމްރީން ކުރަން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 20 މީހަކު މިރޭ ޗައިނާއަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ 12 ފިރިހެން ކޯޗުންނާއި 8 އަންހެން ކޯޗުންނެވެ.
އެ މީހުން ފުރުމުގެ ކުރިން އެ މީހުންނާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލީ ޖިން އަދި ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވަނީ ބައްދަލު ވެސް ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުން އޮތީ ޗައިނާ ސަފީރުގެ ގެކޮޅުގައެވެ. އަދި މި ބައްދަލުވުމުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަޠީފާއި، އެ އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ބުނީ އެ ތަމްރީންތައް ކުރިއަށް ދާނީ ޗައިނާގެ ހަންގްޒޫ ސިޓީގައި މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 5 އާ ހަމައަށް ކަމަށެވެ.
މިއީ ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުުރުމަށް ޗައިނާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ފޮނުވާ ބައެއް ކަމަށް ވުޒާރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު