ރަސޫލު ބޭކަލެއް ކަމަށްވާ ސަލާމްލެއްވި އައްޔޫބުގެފާނަށް ކުރިމަތިކުރެއްވި އިމްތިހާނުން އިބުރަތް ހާސިލުކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ޚުޠުބާގައި ބުނީ ދުނިޔޭގެ ހަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި، ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ ސުންނަތެއް ކަމަށެވެ. އަދި އެއީ އެކަލާނގެ އިރާދަފުޅު ކަމަށާއި، މާތް ﷲއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުއާކުރުމާ އެކު ކަމަށެވެ.
އެގޮތުން ސަލާމްލެއްވި އައްޔޫބުގެފާނަށް ކުރިމަތި ކުރެއްވި އިމްތިހާނަށް އިޝާޜާތްކޮށް ޚުޠުބާގައި ބުނީ އައްޔޫބުގެފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ޚާދިމުންނާއި ދަރީންނާއި، ޢަދަދު ނުކުރެވޭ ވަރަށް ދަނޑުފަނގުތަކަކާއި ނަޢަމްސޫފިތައް ވެސް ދެއްވި ކަމަށެވެ.
އެހެން ނަމަވެސް އެކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވި ކަމަށާއި، އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރުނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވި ކަމަށެވެ. އަދި ހުރިހާ މުދަލެއް ވެސް ގެންދެވި ކަމަށާއި އެއާއެކު އާއިލާގެ ބޭފުޅުންނާއި ޚާދިމުންވެސް ގެންދެވި ކަމަށެވެ.
އެކަމަކުވެސް ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން ﷲއަށް ދުއާކުރެއްވުމާއި ޒިކުރުކުރެއްވުމުގައި ދެމިއޮންނެވި ކަމަށެވެ. އެހެންވެ އެ ހާލުން ﷲ އެކަލޭގެފާނު ސަލާމަތްކުރެއްވި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"ﷲގެ އިމްތިޙާނަށް ކެތްތެރިވުމުގެ ސަބަބުން އެ ބޮޑުވެގެންވާ ނުތަނަވަސްކަމާއި ދަތި ހާލުން އައްޔޫބުގެފާނު ސަލާމަތްކޮދެއްވީ ކޮންފަދައަކުންކަން އަހަރެމެން ނިކަން ވިސްނައި ފިކުރުކޮށްލަމާހެއްޔެވެ!" ޚުޠުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު