މާލެއިން ފިޔާ ލިބުން ދަތިވެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެއެެވެ.
މާރުކޭޓު ގޮޅިއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިއަކު ރަސް އަށް ބުނީ، ބާޒާރުން ފިޔާ ލިބުން ދަތިވެފައިވާ ކަމަށެވެ. އަދި މާލޭގެ ގިނަ ތަންތަނުން ފިޔާ އެއްކޮށް ކަހަލަ ގޮތަކަށް ހުސްވެފައިވާ ކަމަށް އޭނާ ބުންޏެެވެ. ދިވެހިން އާންމުކޮށް ކާބޯތަކެތި ތައްޔާރުކުރާ ފިޔާ ލިބުން ދަތިވެ ފިޔާގެ އަގު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 50 ރުފިޔާ އާއި 100 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ.
ފިޔާގެ އަގު އިންތިހާއަށް އުފުލިފައިވާއިރު ދިވެހިން އާންމުކޮށް ކެއްކުމަށް ބޭނުންކުރާ އެހެން ބައެއް ބާވަތްތަކުގެ އަގު ވެސް ބާޒާރުގައި ވަނީ ބޮޑުތަނުން އުފުލިފައެވެ. އެގޮތުން ދާދިފަހުން ލުނބޯ ލިބުން ދަތިވެ ކިލޯއެއްގެ އަގު 140 ރުފިޔާ އަށް ވުރެ މައްޗަށް އަރައިގެންދިޔައެވެ.
މީގެ އިތުރުން ކުރިން 290 ރުފިޔާ އަށް ލިބޭ ބިސް ކޭހެއް މިހާރު ބާޒާރުގައި ލިބެން ހުރީ 450 ރުފިޔާ އަށެވެ. އަދި ދިވެހިން ކެއުމަށް ބޭނުންކުރާ ރޯ އިނގުރާ ލޮނު މެދު ފަދަ ބާވަތްތަކުގެ އަގުތަށް މިފަހުން ވަނީ އުފުލިފައެވެ.
ބާޒާރުގައި ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އަރައިގެން ގޮސްފައިވާއިރު ޑޮލަރު ލިބުން ދަތިވެ ރާއްޖެ އިން ބޭރުން އިމްޕޯޓްކުރާ އެއްޗެހި ލިބުމުގައި ވެސް ވިޔަފާވެރިންނަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެެ.

ކިޔުންތެރިންގެ ހިޔާލު