މާލޭގައި ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފައިސާތަކާ އެކު ބިދޭސީއަކު އަތުލައިގެންފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ބިދޭސީއަކު ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރީ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އިމިގްރޭޝަނާ ހަވާލު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހަބީބީ ލައުންޖު ރެސްޓޯރަންޓް ހިންގުމުގައި އިސްކޮށް އުޅޭ އެބިދޭސީ މީހާ ހައްޔަރުކުރީ ގިނަ އަދަދެއްގެ ފައިސާ އާއެކު ކަމަށް މައުލޫމާތު ލިބެއެވެ.

ގަވާއިދާ ހިލާފަށް ޑޮލަރު ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ފައިސާތަކާ އެކު ބިދޭސީއަކު އަތުލަައިގެންފައިވާއިރު މީގެ ކުރިން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ޚާއްސަ ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ދާދިފަހުން ގަވާއިދާއި ހިލާފަށް ރާއްޖެ އިން ބޭރު ކުރަން އުޅުނު ޑޮލަރުތަކެއް ހިފަހައްޓައި ބިދޭސީއަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު