އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" 441 ކުއްޖަކަށް ދީފިއެެވެ.
އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި އެވޯޑު ދިނީ ތިން ދަންފަޅިއަކަށް ބަހާލައިގެން އިއްޔެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާތަކެއްގައެވެ. މަތީ ޘާނަވީއާއި، ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް މިއަދު ކުރިއަށްދިޔަ 2022 – 2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ހުރިހާ ދަންފަޅިތައް ޝަރަފުވެރިކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެެވެ. މިއީ މި ރަސްމިއްޔާތުގެ 3 ދަންފަޅިވެސް (ހެނދުނު، މެންދުރުފަސް، ރޭގަނޑުގެ ދަންފަޅިވެސް) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވާ ފުރަތަމަ ފަހަރުކަމުގައި ވާތީ މިއީ މިރަސްމިއްޔާތަށް ލިބިގެންދާ ވަރަށް ފުރިހަމަކަމަކާ ޚާއްޞަކަމެއް ކަން ފާހަގަކުރެވެއެެވެ.
މިރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިފަހަރު އިނާމު ލިބޭ 441 ދަރިވަރުންނަށް ޤައުމީ ފެންވަރުގައި ޝަރަފްދިނުމަށް އިއްޔެ ހެނދުނުން ފެށިގެން ރެއާ ހަމަޔަށް ކުރިއަށްދިޔަ 3 ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަކީ، ތަޢުލީމަށް އަދި ޒުވާން ދަރިވަރުންގެ ކުރިއެރުމަށާއި ފާގަތިކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުގެ ހެއްކެކެވެ.
މީގެ ކުރީގެ އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އައީ، ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސަރކޮށްގެންނެވެ. އަދި ދަރިވަރުންނަށް އިނާމު ދެނީ ވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެންނެވެ. ނަމަވެސް މިކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަހަރު ހަމަޖައްސަވާފައެވެ. އަދި ވަނަތަކަށް ހޮވި އިނާމު ލިބޭ ދަރިވަރުންނަށްވެސް، ސީދާ ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދުދެއްވާފައެވެ.
ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ، ކޮންމެ ދަރިވަރަކަށް އިސްލާމްދީނާ، ރިވެތި އަޚްލާޤާ، ޤައުމިއްޔަތު އުނގަންނައިދީ، ހަރުދަނާ ދިވެހި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ.

President Dr @MMuizzu attends the third and final session of the ‘Top Achievers’ Award 2022-2023’ ceremony organised by @MoEdumv. First Lady Madam Sajidha Mohamed accompanied the President.
— The President's Office (@presidencymv) September 12, 2024
The President attended all three sessions of the ‘Top Achievers’ Award 2022-2023’. pic.twitter.com/uHRlgjI6lN
މިރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިފަހަރު އިނާމު ލިބޭ 441 ދަރިވަރުންނަށް ޤައުމީ ފެންވަރުގައި ޝަރަފްދިނުމަށް އިއްޔެ ހެނދުނުން ފެށިގެން ރެއާ ހަމަޔަށް ކުރިއަށްދިޔަ 3 ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަކީ، ތަޢުލީމަށް އަދި ޒުވާން ދަރިވަރުންގެ ކުރިއެރުމަށާއި ފާގަތިކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުގެ ހެއްކެކެވެ.
މީގެ ކުރީގެ އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އައީ، ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސަރކޮށްގެންނެވެ. އަދި ދަރިވަރުންނަށް އިނާމު ދެނީ ވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެންނެވެ. ނަމަވެސް މިކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަހަރު ހަމަޖައްސަވާފައެވެ. އަދި ވަނަތަކަށް ހޮވި އިނާމު ލިބޭ ދަރިވަރުންނަށްވެސް، ސީދާ ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދުދެއްވާފައެވެ.
ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ، ކޮންމެ ދަރިވަރަކަށް އިސްލާމްދީނާ، ރިވެތި އަޚްލާޤާ، ޤައުމިއްޔަތު އުނގަންނައިދީ، ހަރުދަނާ ދިވެހި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު