މި ސަރުކާރަކީ ދޮގުގެ މައްޗަށް އެކުލަވާލެވުނު ސަރުކާރެއް ކަމަށާއި ސަރުކާރުން މިހާރު އުޅެނީ އެ ދޮގުތަކުން ސަލާމަތް ނުވެވިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ދީދީ ވަނީ މި ސަރުކާރުން ހަދާފައިވާކަމަށް ބުނާ އެކި ދޮގުތައް ވިދާޅުވެދެއްވާފައެވެ.
އެގޮތުން، މި ސަރުކާރު ވެރިކަމަށް އައީ ދިވެހީންގެ ކަނޑު މިދިޔަ ސަރުކާރުން ވިއްކާލައިފި ކަމަށް ބުނަމުން ކަމަށާއި، އެ ކަނޑުގެ ސަރަހައްދު 100 ދުވަސްތެރޭ ހޯދުމަށް މަސައްކަތް ކުރާނެކަމަށް ބުނަމުން ކަމަށެވެ. ނަމަވެސް، އެކަމާއި ގުޅިގެން ވެސް އެއްވެސް މަސައްކަތެއް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ، ރައީސް މުޢިއްޒު ކެމްޕޭނުގައި ވަނީ އެންމެ ކުޑަކޮށް 20 ރުފިޔާއަށް މަސް ގަންނާނެކަމަށް ވިދާޅުވެފައި ކަމަށާއި ނަމަވެސް، މިހާރު 14 ރުފިޔާއަށް ވެސް މަސް ނުގަންނަކަމަށެވެ. އޭގެ ސަބަބުން މަސްވެރިކަމުގައި އުޅޭ އާއިލާތަކަށް ބޮޑެތި ގެއްލުންތައް ވަމުން ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ދީދީ ވިދާޅުވީ އިސްރާއީލް ޕާސްޕޯޓު މި ގައުމުގައި މަނާކުރާނެ ކަމަށް ބުނެ ވެސް ދެއްކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބޭފަދަ ސުރުޚީއެއް ހެދުމަށްފަހު ޕާސްޕޯޓު މަނާކުރަން މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ދީދީ ވިދާޅުވިއެވެ. އަދި އެކަމުގައި ވެސް މި ސަރުކާރުން ދަނީ ބޮޑެތި ދޮގުތަކެއް ހަދަމުންކަމަށް ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ، މި ސަރުކާރުގެ އަމަލުތައް މިހާރު ހުރީ އޭރު ހެދުނު ދޮގުތަކުން ސަލާމަތްވާން މަސައްކަތްކުރާ ގޮތަށް ކަމަށެވެ.
ދީދީގެ ވާހަކައިގައި ވަނީ މި ސަރުކާރަށް އިންވެސްޓަރުން ނުހޯދޭކަމަށް ވިދާޅުވެ އެކަން ވެސް ނުވަނީ އެކަން ކުރަންވީގޮތް ނޭނގޭތީކަމަށް ބުނެ ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު