އއ. ރަސްދޫއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް އެ ރަށުގައި ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ރަސްދޫގެ މަގުތަކާއި އަތިރިމަތީގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް މީސްމީޑިއާގެ ޒަރިއްޔާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެހެންކަމުން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ނަމަވެސް, މި މައްސަލަ އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓު ކޮށްފައި ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ގޮތުގައި އެ އަމަލު ހިންގާފައިވަނީ އަންހެން ދެ ފަތުރުވެރިންނެވެ. އަދި އެ ދެމީހުން ވަނީ އެމަންޒަރުތައް ކުޅުމުގައި ބުރުގާ އަޅައިގެން އުޅެ އިސްލާމް ދީނަށް ވެސް ހަޖޫޖަހާފައެވެ.

ރަސްދޫއަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރިއަރަމުންދާ ރަށެވެ. ކޮންމެ އަހަރަކު އެތައް ސަތޭކަ ފަތުރުވެރިންނެއް އެ ރަށަށް ޒިޔާރަތް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން