މާލޭގެ ގެއެއްގެ ފުރާޅު ފޫ އަޅުވައިލައި ކޮޓަރިއަށް ބޮޑު ދަގަނޑުގަނޑެއް ވެއްޓުނު ހާދިސާއާ ގުޅިގެން އެގޭގެ ހާލަތު ބަލައިފި އެވެ.
އެ ދަގަނޑުގަނޑު ވެއްޓުނީ މއ.ބުލޫ ފީޗަރ އިމާރާތުގެ 7 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި މއ. ބާބީލް ގޭގެ ފުރާޅު މައްޗަށެވެ.
އަދި ފުރާާޅުގެ ސީލިން ފޫއަޅުވާލައި ވެއްޓުނު ދަގަނޑު ބުރި ކޮޓަރިއައް ވެއްޓި ގޮސް ޖެހުނީ ބަންކު ބެޑެއްގަ އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ހާދިސާއާ ގުޅިގެން އެ ގޭގެ މީހުންގެ ހާލަތު ބަލަން މޭޔަރު އަލީ އާޒިމް އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެގެއަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމަކަށް ވާތީ މީހެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން އެ ގޭގެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މީގެ ކުރިން މީހުންގެ ފުރާނައަށް ވެސް ނުރައްކާވެފައި ވެއެވެ. އެގޮތުން ހަދަމުން ދިޔަ މާލޭގެ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަ ކުއްޖަކު މީގެ ކުރިން ނިޔާވި އެވެ.

ކިޔުންތެރިންގެ ހިޔާލު