ހިދުމަތުން ދުރަށްދާންޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިންގެ ދަފްތަރެއް އެކުލަވާލައި އެދަފްތަރުގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދަފްތަރަކީ ހިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތަށް މިހާރު އެދެވޭނެ ކަމަށެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ސިއްހީ ދާއިރާއިން ދުރުވެފައި ތިބި މީހުންނަށް އަލުން ވަޒީފާ ދިނުމުގެ ހާއްސަ އުސޫލެއް އެކުލަވާލައި އެ ފުރުސަތުވެސް ހުޅުވާލައިފަ އެވެ.

އެގޮތުން ކުރިން ހިދުމަތުގައި އުޅުނު ނަރުހުން އަލުން ވަޒީފާއަށް މަދު ވަގުތުކޮޅަކަށް ހިދުމަތް ކުރަން ފުރުސަތު ހުޅުވާލި ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެެއެެވެ.

ސަރުކާރުން މިހާރު ދަނީ 65 އަހަރުވުމުން މުސްކުޅިކުރި މީހުންވެސް އަލުން ވަޒީފާގައި 75 އަހަރު ވަންދެން ދެމިތިބެވޭ ގޮތް ހަދަން މަސައްކަތް ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން