ހެލްތު މިނިސްޓަރ އަމީން؛ އަމީން ވިދާޅުވެފައިވަނީ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިޔޫއެޗްއޯއިން ވެންޓިލޭޓަރ ގެންނަން ލަފާދިން ކުންފުންޏެއް ކަމަށް
ހެލްތު މިނިސްޓަރ އަމީން؛ އަމީން ވިދާޅުވެފައިވަނީ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިޔޫއެޗްއޯއިން ވެންޓިލޭޓަރ ގެންނަން ލަފާދިން ކުންފުންޏެއް ކަމަށް
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގަތުމަށް ނިއްމަވައި ރައީސް އަށް އެކަން މިއަދު އަންގަވައިފިއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ކޮވިޑް 19-އާއިގުޅޭ މިނިސްޓްރީ އޮފް ހެލްތުގެ ޚަރަދުތަކުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައިފާހަގަކޮށްފައިވާ ކަންތައްތަކާއިގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން އެ މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރައްވާ ކަމަށެވެ.

މިނިސްޓަރއަމީން، އެގޮތަށް ނިންމަވާފައިވާއިރު ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަވާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެ ދެ މުއައްސަސާ އިން އެ ތަހުގީގު ކުރިއަށް ގެންދާނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.

ވެންޓިލޭޓަރުތައް ފޯރުކޮށްދޭނެ ކަމަށް ބާރުއަޅައި އެއްވެސް ގެރެންޓީއެއް ނުހޯދައި ހެލްތުން ވަނީ ދުބާއީ ކުންފުންޏަށް އެއްބަސްވުމުގެ އަގަށްވާ 90 ޕަސެންޓް ފައިސާ ދޫކޮށްފަ އެވެ. އެއީ 30.9 މިލިއަން ރުފިޔާ އެވެ. މި ފައިސާ ދޫކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. ފައިސާ ދެއްކިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ވެންޓިލޭޓަރުތައް އަދިވެސް ނުލިބެއެވެ.

ރާއްޖެ އަށް ލިބިފައިވަނީ ވެސް ފެންވަރު ދަށް އަދި އޯޑަރުދިން ވައްތަރުގެ ވެންޓިލޭޓަރުތައް ނޫން ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މީގެ އިތުރުން ތިންލައްކައަށްވުރެ ގިނަ ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ލިބިފައިވަނީ އެންމެ 2،000 ސާޖިކަލް ކެޕް އެކަނިކަން ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ހާމަވެއެވެ. އޭގެ ތެރެއިން އޯޑަރު ކުރި ތަކެތި ލިބިފައިނުވާއިރު އެއަށްވެސް ވީގޮތެއް ނޭގެއެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރި ގޮތް ބަލައި، އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓުން ފާހަގަވި ކަންކަން ވެސް ތަހުގީގު ކުރަން ރައީސް ސޯލިހް ވަނީ އޭސީސީއަށް އަންގަވާފައެވެ. އެ ރިޕޯޓްތަކާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު އެއްވެސް ފަސް ޖެހުމެއް ނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާން ހޫދު ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުން ގޭގައި މަޑުކުރަން ރައީސް އޮފީހުން މިއަދު ވަނީ އަންގާފައެވެ.ރައީސް އޮފީހުން ވަނީ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކްޓިވް ގެ އިތުުރުން ވެންޓިލޭޓަރު އެގްރީމަންޓުގައި ސޮއިކުރި ފަރާތް ވެސް ގޭގައި މަޑުކުރަން އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން