ކޯލިޝަންގެ މައްޗަށް "ބްރޯ" އެއް ބަހައްޓައިގެން މުޅި އިޤްތިޞާދު ހަލާކު ކޮށްލައިފައިވާ ކަމަށް އެމްޑީޕީގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން އެމަނިކުފާނު އެންމެ އިތުބާރު ކުރައްވާ އެއްވަޒީރު ކަމަށް ބެލެވޭ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ނޯކޮންފިޑެންސް ވޯޓު ނެގުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް ހިތްވަރު ދެއްވައި ރައީސް ނަޝީދާއި އަރިސް ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ ވެރިކަން ހަލާކުކޮށް ގަޑުބަޑު ކުރަމުންދަނީ ކޯލިޝަނުންކަމަށެވެ.

ހާމިދު ވިދާޅުވީ ވެރިކަން ހަނާކޮށް ޤައުމުގެ އިޤްތިޞާދު ފުނޑު ފުނޑު ކުރަމުންދަނީ ވައްކަމާއި ފަސާދައިގެ ކަންކަމުގައި ކުރަލާފައިވާބަޔަކު ކޯލިޝަނެއްގެ ނަމުގައި ސަރުކާރުގެ ތެރެއަށް ވައްދައިގެންކަމަށެވެ. އަދި މިކަންކަން ކުރުމަށް އެންމެ އިސްކޮށް ހުންނެވީ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ކަމަށް ހާމިދު ސިފަކުރައްވާފައި ވެއެވެ.

"ވައްކަންކޮށް ކުރަލާފައި ތިބި ބައެއްގެ މައްޗަށް "ބްރޯ" އެއް ބަހައްޓައިގެން ކޯލިޝަނަށް މެދުވެރިކޮށް ކޯވިޑް19 ފަތުރުން އެކަނި އެއްނޫން. މުޅި އިޤްތިސާދުވެސް ހަލާކު ކޮށްލައިފި." ހާމިދު އަބްދުލް ޣަފޫރު ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނެގުމަށް މަސައްކަތް ފެށުމާއެކު، އެމްޑީޕީގެ ތެރޭގައި އަރައިރުން ބޮޑުވެ ޕާޓީގެ ތެރޭގައި ނުރަސްމީކޮށް ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ހަގުރާމައެއް ފެށިފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި މި ހަގުރާމާގައި ޕާޓީގެ އެކްޓިވިސްޓުންނާއި، އިސްސަފުގެ ބޭފުޅުންވެސް އެބޭފުޅުން ތިއްބެވިގޮތް ސޯޝަލް މީޑިޔާގައި ދަނީ ހާމަކުރަމުންނެވެ. ގިނަބަޔަކު ދެކޭ ގޮތުގައި މިފަހަރު ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ޒަމާންވީ ގުޅުން ދެކަފިވުމަކީ އެކަށީގެންވާ ކަމެކެވެ.

މި މައްސަލައާއި ގުޅިގެން ފައްޔާޒު އެދިވަޑައިގަންނަވަނީ އެފަދަ ނުތަނަވަސްކަމަކަށް ޕާޓީ ތެރެއިން ޖާގަ ދެވޭ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށެވެ. އެކަމަކު، އެ ވޯޓަކީ ފައްޔާޒު މަގާމުން ދުރުކުރުމަށް ވުރެ، ޕާޓީގެ ތެރޭގައި ބާރުގަދަ ލީޑަރަކު ޓެސްޓު ކުރައްވާ ވޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ އެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އަހައްމަދު

17-Aug-2020

މީނައަށް ރާބޮވޭނީ ވަކި މީހަކު ވެރިކަމުގަ ހުރެގެން. ޓެސްޓު ކޮށްބަލަ. ބަނގުރަލަށް ފައްސި ވާނެ މިހާރުވެސް


-9

ހަރުދަނާ ސިޔާސަތު

17-Aug-2020

މީއީ ހައްދު ހުކުމް ޤާއިމުކޮށްފިނަމަ ދިވެހީން އެންމެން ނުކުޅެދޭނެކަމަށް ބުނެ ހައްދުގެ ޙުކުމަށް ގޮންޖެހި ޖާހިލު ތަންދޮރު ނޭގޭ މީހާގަނޑއެއް... މީނާ ވިދާޅެއް ނުވާނެ.. މިހާދައްފަންތީގެ މީހުން ބުނާނީ.. ނޫސްތަކުގައި މިމީހުންގެ ވާހަކަ ޖަހާތީވެސް ހައިރާންވޭ..! އަނެއްކާ މިލިޔަން ނީވެސް އޭގެ މީހުންބާ?


-6

ހަސަނު

16-Aug-2020

މި ބަނގުރާ ފުޅި ދައްކާވާހަކަ ވެސް ނޫސްތަކަށް އަރާތަ މަރުމޯލު


13

ހަސަނު

16-Aug-2020

މި ބަނގުރާ ފުޅި ދައްކާވާހަކަ ވެސް ނޫސްތަކަށް އަރާތަ މަރުމޯލު



ޓްރެންޑިން