ފ.ނިލަންދޫ: އެރަށާއި އެކު ފަސް ރަށަކުން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިވްވެފަ
ފ.ނިލަންދޫ: އެރަށާއި އެކު ފަސް ރަށަކުން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިވްވެފަ
ފަސް ރަށަކުން ދެކުދިންނާއި، ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެެއްޖެއެވެ.

އެޗްއީއޯސީ އިން ބުނީ މިއެންމެން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މާލެ އިން ރަށަށް ގޮސް ކަރަންޓީންގެ މުއްދަތު ހަމަކުރުމުން ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ކަމަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ނ. މިލަދޫން 22 އަހަރުގެ އަންހެނަކާއި އދ. މާމިގިލިން ހައަހަރުގެ ފިރިހެން ކުއްޖަކާއި ކ. ހިންމަފުށިން 29 އަހަރުގެ ފިރިހެނަކާއި ފ. ނިލަންދޫން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި ރ. ހުޅުދުއްފާރުން 40 އަހަރުގެ ފިރިހެނެއް ކަމަށް އެޗްއީއޯސީ އިން މައުލޫމާތުދެ އެވެ.

ހުޅުދުއްފާރުން ރޭ ވެސް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ރެއިން ފެށިގެން މިވަގުތާއި ހަމައަށް ފަސް ރަށަކުން ހަމީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ފ. އަތޮޅު ނިލަންދޫން ވެސް މިދިޔަ ހަފްތާގައި ވަނީ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެމީހުންނާއި ބައްދަލުވި ނުވަ މީހަކު ކޮންޓެކްޓް ޓްރޭސިން އިން މިހާރު ވަނީ ދެނެގަނެވިފައެވެ. މިހާތަނަށް ރާއްޖެ އިން 5679 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު އޭގެ ތެރެއިން 3208 މީހުން ވަނީ ބަލިން ރަނގަޅުވެފައި ވެއެވެ. މިބަލީގައި 22 މީހުން ރާއްޖެއިން ނިޔާވެފައި ވެއެވެ. މިވަގުތު ބަލިޖެހިފައި ތިބީ 2449 މީހުންނެވެ.

ޖުލައި މަހުގެ 01 ވަނަ ދުވަހުން ފެށިގެން މާލޭގެ ފުރަބަންދަށް ލުއިތައްދީ ގާތްގަނޑަކަށް ހުރިހާ ހަރުކަށި ފިޔަވަޅުތަކެއް އުވާލުމުން ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން