މަރްޔަމް ނަހްދާ ވަޙީދު   9 ޖުލައި 2024 - 4:0
ކޮރިއެންޑާ ފެނުން ދިއްހަތަށް ގިނަ ފައިދާތަކެއް ލިބޭ.
ކޮރިއެންޑާ ފެނުން ދިއްހަތަށް ގިނަ ފައިދާތަކެއް ލިބޭ.
ކޮރިއެންޑާއަކީ ޒަމާނުއްސުރެ ކެއްކުމުގައި އަޅުގަނޑުމެން ދިވެހީން ބޭނުންކުރަމުން އައިސްފައިވާ އަދި މިހާރުވެސް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އެހެންނަމަވެސް ކޮރިއެންޑާ ފެނަކީ އަޅުގަނޑުމެންގެ ތެރޭއިން ބައެއް ގިނަ މީހުންނަށް އާވާހަކައަކަށް ވެދާނެއެވެ.

ކޮރިއެންޑާ ފެނަކީ ސިއްހަތައް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. މިއީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ.

ކޮރިއެންޑާ ފެނަކީ ހަޖަމު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކޮރިއެންޑާ އޮށްތަކަކީ އޭގައި ޑައިޓްރީ ފައިބަރާއި އެސެންޝިއަލް އޮއިލްތައް އެކުލެވިގެންވާ އެއްޗެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި ޑައިޖެސްޓިވް އެންޒައިމްތައް ގިނަވުމަށް އެހީތެރިވެދެއެވެ. މި އެންޒައިމްތަކުގެ ސަބަބުން ހަޖަމުގެ ނިޒާމުގެ މައްސަލަތައް ރަނގަޅުކޮށްދީ މީހާގެ ހަށިގަނޑުގައި ހުންނަ ވައި ބޭރު ކުރުމަށް އެހީތެރިވެއެވެ.

ކޮންރިއެންޑާ ފެން ލޭގައި ހުންނަ ހަކުރު އެއް ހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. އޭގައި ހުންނަ ހައިޕޯގްލަސީމިކް އެކުލެވޭ މާއްދާގެ ސަބަބުން ހަށިގަނޑުގައި އިންސިއުލިން އުފެއްދުމަށް އެހީތެރިވެދެއެވެ. އަދި އިންސިއުލިންގެ ސަބަބުން ލޭގައި ހަކުރު އެއް ހަމައެއްގައި ހިފަހައްޓަން އެހީވެދެއެވެ. އެހެންކަމުން، މިއީ ހަކުރި ބަލި ހުންނަ މީހުންނަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ.

ކޮރިއެންޑާ ފެނަކީ ގައިގައި ހުންނަ ވިހަތައް ބޭރުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. މި ފެން ބުއިމުން ފުރަމޭ ރަނގަޅަށް މަސަތްކަތް ކުރާނެއެވެ، އަދި އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލަދީ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދެއެވެ.

ކޮރިއެންޑާ ފެނަކީ ހަންގަނޑުގެ އެކި މައްސަލަތައްވެސް ރަނގަޅުކުރުމަށް އެހީވެދޭ އެއްޗެކެވެ. އޭގައި އެކުލެވިގެންވާ ވިޓަމިންތަކާއި މިނަރަލްތަކުގެ ސަބަބުން މީހާ އޮކްސިޑޭޓިވް ސްޓްރެސްއާ ދުރުކޮށްދެއެވެ. އަދި ހަނގަނޑަށް ދިމާވާ ތަފާތު އެކި މައްސަލަތައް ހައްލު ކުރުމަށްވެސް ކޮރިއެންޑާ ފެން އެހީވެދެއެވެ.

ކޮރިއެންޑާ ފެނަކީ ހަށިގަނޑު ދުޅަވުންވެސް ކުޑަ ކޮށްދޭ އެއްޗެކެވެ. ކޮރިއެންޑާ އޮށަކީ އޭގައި އިންފްލެމޭޓަރީ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ސަބަބުން އާތްރައިޓިސް ފަދަ ބަލިތަކުން މީހާ ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދެއެވެ.

ކޮރިއެންޑާ ފެން ބޭނުން ކުރާ ނަމަ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުޅުމަށް އެހީވެދެއެވެ. ކޮރިއެންޑާ އަކީ އޭގައި ވިޓަމިން ސީ އާއި އަދިވެސް އެހެނިހެން އެންޓިއޮކްސިޑެެންޓްތައް އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ސަބަބުން މީހާގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ މީހާ ބަލިތަކުން ރައްކާތެރި ކޮށްދިނުމަށް އެހީތެރިވެދެއެވެ. ވީމާ ކޮންމެ ދުވަހަކުވެސް މިފެން ބޯނަމަ މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ވެގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން