ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަތުއަޑުކިޔާފައި ކުރިއަށްދާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ޔޫތް މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަައީސްގެ ތަރައްގީގެ މަޝްރޫއުތައް ދަނީ ފަތުއަޑުކިޔާފައި ބާރަށް ކުރިއަށް ކަމަށެވެ. އެ ޓްވީޓުގައި މަހްލޫފް ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި މިވަގުތު ހިނގާ ތަރައްގީގެ މަޝްރޫއުތަކުގެ ފޮޓޯ ވެސް ހިމަނުއްވާފައެވެ. ތަރައްގީގެ އެކި މަޝްރޫއުތަކުގެ ފޮޓޯތައް މިއަދުގެ އެކި ވަގުތުތަކުގައި މަހްލޫފް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރައްވާފައިވެއެވެ.



އެގޮތުން "ގޭބުޑުގައި ދުނބުޅި ބަދިގެ" އިންޖީނުގެ ހުރުމުން ރައްޔިތުންނަށް ނުނިދޭތީ އެތަންތަން މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކޮށް އާ އިންޖީނުގެ ހެދުމުގެ މަސައްކަތް ފެނަކައިން ކުރިއަށް ގެންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ މި ޕްރޮޖެކްޓްތަކުގެ އިތުރުން ނެޓްވޯކް އަޕްގުރޭޑިން ހިމެނޭގޮތަށް ޖުމުލަ 51 މަޝްރޫއެއް ރަށްރަށުގައި ބާރަށް ކުރިއަށް ދާކަމަށެވެ.



މަހުލޫފް ވިދާޅުވީ ކޮވިޑްގެ އަސަރު ދުނިޔެއަށް ކުރިމަތިވެ، އިގްތިސޯދީ މި ދަތި ވަގުތުގައިވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެކި ދާއިރާތަކުން މިހާރުވެސް އެބަ ހިނގަމުންދާ ކަމަށެވެ. މަހުލޫފް ވިދާޅުވީ ކަމެއް ނުހިގާކަމަށް ބަޔަކު ވާހަކަ ދެއްކިޔަސް މިހާރުވެސް ކުރިއަށްދާ 32 ބަނދަރާއި، 24 ނަރުދަމާގެ މަސައްކަތުންވެސް އެއީ ހަގީގަތް ނޫންކަން ހާމަވާނެ ކަމަށެވެ. 

މަހުލޫފް މިއަދު ވަނީ އެމްޓީސީސީ ގެ ސީއީއޯ އާދަމް އާޒިމްއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލު ވުމުގައި އެމްޓީސީސީއާ ގުޅިގެން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާއިމެދު މިނިސްޓަރު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ސަރުކާރުން ކަމެއް ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން އަޑު ފަތުރަމުން ދަނީ ރައީސް ޞާލިހުގެ ކޯލިޝަން ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަ ދައްކާނެ އަނގަތަކެއް ނެތީމާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު