ފުލުހުންނާއިދޭތެރޭ މިސަރުކާރުން އިހާނެތިކޮށް ހިންގާ ހުރިހާކަމެއް ޕީޕީއެމްގެ ވެރިކަމުގައި އިޔާދަކުރާނެ ކަމުގައި ޕީޕީއެމްގެ ސްޕޯކްސްޕާސަން އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރުން ދަނީ ހުއްޓުމެއްނެތި ސަލާމަތީ ބާރުތަކުގެ އަގުވައްޓާލައި އެބޭފުޅުންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަންކަން ކުރަމުންކަމަށެވެ. މުސާރަ ނުދިނުމާއި، އިނާޔަތްތައް ކަނޑާލުމާއި، ވަޒީފާއިން ކަނޑަމުންދާކަމީ ފެންނަމުންދާ މަންޒަރުކަމަށެވެ.

މިސަރުކާރުން ސަލާމަތީ ބާރުތަކުގެ ތެރެއިން ފުލުހުންނާއިމެދު ވަރަށް އިހާނެތިކޮށް ކަންކަން ކުރަމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ. ފުލުހުންގެ އެލަވަންސްތަކާއި، އެންމެ އަސާސީ ހިދުމަތްކަމުގައިވާ ކޮއްތު ފައިސާވެސް ކަނޑާލާފައިވާކަމީ ހިތާމަކުރަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަމަކީ ޕީޕީއެމްއިން ވެރިކަމާއި ހަވާލުވުމަށްފަހު އިޔާދަކުރާނެ ކަންތައްތައް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ދިވެހި ފުލުހުންނާއި ދޭތެރޭ މިއަދު އިހާނެތިކޮށް ހިތާ، ކޮއްތުފައިސާ ކެނޑިދާނެ. ކޮއްތު ފައިސާ ޕީޕީއެމްގެ ވެރިކަމުގައި އިޔާދާ ކޮށްދޭނެ. ކަޑާލި ފުލުހުންގެ މުސާރަ އާއިއެކު ވަޒީފާ އިޔާދަކޮށްދޭނަން. ކަނޑާލާ ފުލުހުންގެ ދަފްތަރު ބަލަހައްޓާނަން. އިންޝާﷲ." ޝުޖާއު ވިދާޅުވިއެވެ.

2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވިގޮތާއިމެދު އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން އަދިވެސް ދަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު