ބަލިފަތުރަން އުޅުނު ކަމަށް ބުނާ ވިޑިއޯއިން ފެންނަ މީހާ (ފޮޓޯ: ވިޑިއޯގެ ސްކްރީން ޝޮޓެއް)
ބަލިފަތުރަން އުޅުނު ކަމަށް ބުނާ ވިޑިއޯއިން ފެންނަ މީހާ (ފޮޓޯ: ވިޑިއޯގެ ސްކްރީން ޝޮޓެއް)
މާލެ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރުގައި، އެ ބަލި ފަތުރަން އުޅޭ މީހެއް ކަމަށް ބުނެ މީސް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަަމަށް ފުލުހުން ބުނެފިއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ސީސީޓީވީ ވީޑިއޯއަކުން ފެންނަނީ މާސްކު އަޅައިގެން ހުންނަ މީހަކު މާސްކު މޫނު މަތިން ނަގައި މޫނުގައި އަތް ހޭކުމަށްފަހު ގެއެއްގެ ދޮރުގެ ތަޅުގައި ހިފާ މަންޒަރެވެ. އެ ވީޑިއޯ މީސް މީޑިއާގައި ދަައުރުވާން ފެށުމާއި ގުޅިގެން ފުލުހުންގެ އިދާރާ އިން ބުނީ މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އަދި މި ވީޑިއޯގައި ތުހުމަތު ކުރެވޭ ގޮތަކަށް މީހެއްގެ އަމަލުތައް ހުރުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށް ފުލުހުން ބުނެ އެވެ.

"މި ވީޑިއޯއާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވާ ހިއްސާ ކުރެއްވުން އެދެން." ފުލުހުން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ރެއާއި ހަމައަށް 3،506 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މި ބައްޔަށް މިހާރު ގިނައިން ފައްސިވަމުން ދަނީ ދިވެހިން ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން