ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރާ ރަސްމާލޭގެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހިޔާލު ކުރެއްވި މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އިސްވެ އުފައްދަވަން މިހާރު މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ރަސްމާލެއާ ގުޅޭ
ގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް އެންމެ ބޮޑަށް ދިމާވެފައިވާ ދަތި ކަމަކީ ގެދޮރުގެ ދަތިކަން ކަމަށެވެ.
އަދި އެކަން ހައްލުކުރަން މި ސަރުކާރުން ރަސްމާލެ މަޝްރޫއުވެސް ފަށައިގެން ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ، އަޅުގަނޑު ވެސް ހަމަ ހިޔާލުކޮށްފައި އޮތް މަޝްރޫއެއް، އެހެން ނަމަވެސް އަޅުގަނޑުގެ ހިޔާލުގައި އޭރު އޮތީ ހުރިހާ ކަމެއް ހުއްޓާފަައި އެކަން ކުރުމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މާލެއާ ހުޅުމާލޭގައި އިތުރު ބިން އުފައްދަން ބޭނުން ނުކުރާ ބައިވަރު ބިން އެބަހުރި ކަމަށާއި އަދި މާލޭގެ ބިންވެސް ހުސްކުރެވޭނެ ގޮތްގޮތް އެބަހުރި ކަމަށެވެ. އަދި 25 ބުރިއަށް ވުރެ މައްޗަށް އިމާރާތް ވެސް ކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެންވެ އެކަންކަން އެގޮތަށް އޮއްވާ އާ ޝަހަރެއް ހިއްކުމުގެ ހަރަދާ މެދު އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.
ފުށިދިއްގަރު ފަޅުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކާއިރު އެ ތަނުން 60 ހެކްޓަރު ލަންކާގެ ކުންފުންޏަށް ދިގު މުއްދަތަކަށް ލިބޭނެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުުގައި އެ ފަޅު ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ ބިން ލިބޭނެ އެވެ. އަދި އެތަނުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރާނެ އެވެ.
ރަސްމާލެއާ މާލެއާ ފަހުން ކަނޑުއަޑީގެ ޓަނަލަކުން ގުޅާލާނެ ކަމަށް ވެސް ސަރުކާރުން ދާދި ފަހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު