ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ޖަލުތައް ފުރި, ރާއްޖެ ބަނގުރޫޓްވާނެކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވަނީ ޑރ. މުއިއްޒުއަަށް ފާޑު ވިދާޅުވެ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

އިމްރާންގެ ވާހަކަފުޅުގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ނުހައްގުން މީހަކު ޖަލަށްލާފައި ނުވާކަމަށް މުއިއްޒު ވިދާޅުވުމަކީ ބިރު ގަންނަންޖެހޭ ކަމެއްކަމަށެވެ.

އިމްރާން ވިދާޅުވީ މުއިއްޒުު ވެރިކަމަށް ވަޑައިގެންފިނަމަ ރާއްޖެ ބަނގުރޫޓްވާނެކަމަށެވެ. އަދި ޖަލުތައް ފުރުމުގެ ބިރުވެސް އެބައޮތްކަމަށް އިމްރާން ވިދާޅުވިއެވެ.

"މުއިއްޒު ވެރިކަމަށް އަތުވެދާނެތީ ވަރަށް ބިރުގަނޭ. ފުރަތަަމަ ކަމަކަށް ޖަލުތައް ފުރޭނެ.. ދެވަނަ ކަމަކަށް ރާއްޖެ ހަމަ ރަނގަޅަށްވެސް ބަނގުރޫޓްވާނެ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ވެރިކަމަށް ކުރިމަތިލައިގެން އުޅޭ ބޭފުޅުންގެ ތެރޭގައި ގިނައީ ވެރިކަން ލިބުނަސް އަމިއްލަ ބާރެއް ނޯންނާނެ ބޭފުޅުންކަމަށެވެ. އަދި ވެރިކަމުން އެތިކޮޅެއް ލިބޭތޯ އުޅޭ މީހުންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކަމަށްވެ އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން