ރާއްޖޭގެ ރަށްރަށަށް ކުރެއްވި ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ރައްޔިތުން ދެއްކި ވާހަކަތަކުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުކަން ކަށަވަރުކޮށްދޭކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ސާލިހު ތިލަދުންމައްޗަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިއްޔެ ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައެި ވާހަކަ ދައްކަވަމުންނެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ ގިނަަ ބޭފުޅުން ރައްޔިތުންނަށް ނޭގޭކަމަށެވެ. ޝާހިދު ވިދާޅުވީ މި އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ހުރިހާ ސަރަހައްދެއްގައި އުޅޭ ހުރިހާ ރައްޔިތުންނާއި ބައްދަލުކުރެއްވި ކެންޑިޑޭޓަކީ ރައީސް ސާލިހުކަމަށެވެ.

ޝާހިދު ވިދާޅުވީ ހުރިހާ ސަރަހައްދެއްގައި އުޅޭ ރައްޔިތުން ކައިރިއަށް ރައީސް ސާލިހު ފިޔަވައި އެހެން ކެންޑިޑޭޓަކު ވަޑައިނުގަތުމުން ދޭހަކޮށްދެނީ، ރައީސް ސާލިހު އިންތިހާބު ކަމިޔާބުކުރާނޭކަން ކަމަށެވެ.

"އެއީ މި އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ސާފު ހެއްކަކީ. ކުދިކުދި ރަށްތައް ވީމަ ރަށްތައް ބާކީ ކުރައްވާފަ ވޯޓު ހޯއްދަވަން ވަޑައިގަންނަވާނެ ކަމެއް ނެތް." ޝާހިދު ވިދާޅުވިއެވެ.

ކުޅުދުއްފުށްޓަށް ބައްލަވާ ލައްވަމުން ޝާހިދު ވިދާޅުވީ މިއިން ޒަމާނަކުވެސް ކުޅުދުއްފުށްޓަށް މަންހާ ތަރައްގީ މި 5 އަހަރު ތެރޭގައި ގެނެސްފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ ބޮޑުތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީގައި 51.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަވާފައިކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން