ހިޔާނާތްތެރިއަކަށް ވޯޓް އަޅަންޏާ، ވޯޓް އަޅަންވާނީ ރަނގަޅަށް ހިޔާނާތްތެރިވާ މީހަކަށް ކަމަށް ރައްޔިތުން މަޖިލިހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަަކަދައްކަވަމުން އަޙުމަދު ހަލީމް ވިދާޅުވީ ބައެއް ބޭފުޅުން ބޮޑެތި އަަދަދުން ހިޔާނާތްތެރި ވަމުންދާއިރު، ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒު ހިޔާނާތްތެރިވީ ކުޑަ އަދަދުތައް ނަންގަވައިގެން ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ޕީޕީއެމް ރައްްޔިތުންނަށް މީގެ ކުރިންވެސް ހިޔާނާތްތެރި މީހަކަށް ތިޔަބޭފުޅުންނަށް ތާއީދުކުރެވުނީ. ހިޔާނާތަށް ތާއީދުކުރަންނާޥެސް ތާއީދުކުރަން ވާނީ ފިސާރި ރަނގަޅަށް ހިޔާނާތް ވާ ބޭފުޅުންނަށް. ބައްލަވާ ރައީސް ޔާމީންގެ ހިޔާނާތް. ވަދެފައި ހުރީ އެއް މިލިއަން ޑޮލަރުން. އެއީ ރަނގަޅު އަދަދެއް ނަންގަވަންޏާމު ނަންގަވަން. އެހެންނަަމަވެސް، މިހާރު ޑރ. މުޢިއްޒު ނަންގަވާފަ އެބަހުރި 350 ޑޮލަރުކޮޅުންވެސް ކުންފުންޏަކަށް ވަދެފަ. މިއީ އަޅުގަނޑު ދައްކާ ވާހަކަތަކެއް ނޫން، ބޮޑެތި ނޫސްތަކުގައި ދައްކާ ވާހަކަ." އަޙުމަދު ހަލީމް ވިދާޅުވިއެވެ.

ކުދި އަދަދުތަކުން ނަންގަވައިގެން ފަހުން އެއްކުރެވޭ މިންވަރު ބޮޑުވާނެ ކަމަށް އަޙުމަދު ހަލީމް ވިދާޅުވިއެވެ.



"މިހާ ކުދި ކުދި އެއްޗަކުން ނަގަންޏާ، ކޯޗަކުންތޯ ނުނަގާނީ. އަޅުގަނޑުމެންގެ ފައްޓަރުބައިންވެސް ނަގާނެ އެހިސާބުން،" އަޙުމަދު ހަލީމް ވިދާޅުވިއެވެ.

އޭނާ ވަނީ ޑރ. މުޢިއްޒު ހަނިމާދޫ އެއާޕޯޓް އަތުލަން އުޅޭ ކަމުގެ ވާހަކައެއް އިވިވަޑައިގަތް ކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑު މިހުރީ ވަރަށް ބޮޑު ސުވާލު މާކެއްގެ ތެރޭގައި. އެއާޕޯޓް އަތުލާ ވާހަކަ މިހާ އަވަހަށް ދެއްކެވީމާ. އަޅުގަނޑަކަށް އެކަމަކު ސާފެއް ނުވޭ ކާކު އަތުން އެއާޕޯޓް އަތުލަން ކަމަށް. އަޅުގަނޑަށް ސާފުވީ އެއާޕޯޓް އެ އޮތްގޮތަށް ބާއްވާކަން." އަޙުމަދު ހަލީމް ވިދާޅުވިއެވެ.

އަޙުމަދު ހަލީމް ވިދާޅުވީ ރައީސް ޞާލިޙުގެ ސަރުކާރުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ކުރިއަށް އޮތް ތަނުގައިވެސް ބޮޑުކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެން ނަަމަވެސް، އެއީ ނުދެއްކޭނެ މިންވަރުގެ މުސާރަތަކެއް ކަމަށް ވިސްނަވާ، ޑރ.،މުޢިއްޒުގެ ވިސްނުންފުޅު ހުރި ގޮތަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި 40 އިންސައްތަ މުވައްޒަފުން ވަޒީފާއިން ކަނޑާލަން ކަމަށް އަޙުމަދު ހަލީމް ވިދާޅުވިއެވެ.

އޭގެ އިތުރަށްވެސް، އަދާލަތު ޕާޓީ އާއި އެމްޑީއޭ މިހާރު ކުރިއަރަމުންދާކަން ފާހަގަކުރަށްވައި، އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވެސް އެމްޑީޕީ ކޯލިޝަނާ ގުޅިވަޑައިގަތުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ހާއުފާ

06-Sep-2023

ފާޅުގައި ތިޔަބުނެ އިއުލާނު ކުރަނީ ވޯޓުގައި މަކަރާ ހީލައި ހަދާނެކަމަށް ދޯ؟



ޓްރެންޑިން