ކުޅުދުއްފުށީ ރައްޔިތުންގެ ވޯޓަށް އެދެން މުއިއްޒު ލަދު ގަންނަންޖެހޭނެކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ބޭއްވި ރައީސް ސާލިހު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު އާތިފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރާއި ރައީސް ސާލިހު ސަރުކާރުގެ ތަފާތު ފެނިއްޖެކަމަށާއި، ކުޅުދުއްފުށްޓަށް އެންމެ ބޮޑު ތަރައްގީއެއް އައީ ރައީސް ސާލިހުގެ ސަރުކާރުގައިކަމަށެވެ.

އާތިފް ވިދާޅުވީ ކުޅުދުއްފުށި ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، ނަމަވެސް ކުރީގެ އެއްވެސް ސަރުކާރެއްގައި އެކަމަށް ހައްލު ލިބިފައި ނުވާކަމަށެވެ. ނަމަވެސް ރައިސް ސާލިހުގެ ސަރުކާރުން އެކަމަށް ހައްލު ގެނެސްފައިވާކަމަށްވެސް އާތިފް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށާއި އަދި އިތުރު 1000 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިިޔާސީ އިންތިޚާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓަށް އެދެން ލަދުގަންނަންޖެހޭނޭކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެ ރަށު ރައްޔިތުންގެ އުއްމީދަކީ އަންނަ 5 އަހަރަކީ ކުުޅުދުއްފުއްޓަށް ރަން ޒަމާނެއް ގެންނާނެ 5 އަހަރަށް ވެގެން ދިއުންކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރާއެކު ކުރިއަށް ގެންދެވޭނެ ކަމަށާއި، އެއާއެކު އިގްތިސާދު ފުޅާވެގެންދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހާއުފާ

06-Sep-2023

ލަދުގަންނަންޖެހުނަސް އެދެންވާނެ



ޓްރެންޑިން